މަސައްކަތް
ނަންބަރު: (IUL)113-PD/1/2022/46
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 27 އޭޕްރިލް 2022 16:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީހުގެ ބޯޑްރޫމް އަދި ރިސެޕްޝަން އޭރިއާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީހުގެ ބޯޑްރޫމް އަދި ރިސެޕްޝަން އޭރިއާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ރަޖިސްޓަރީވުން

 27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް އީމެއިލްގެ ޒަރިއްޔާއިން   ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި   ނުގަނެވޭނެއެވެ.)

2.

ޕްރީބިޑް މީޓިންގ އަދި ސައިޓް އިންސްޕެކްޝަން

 ޕްރީބިޑް މީޓިންގ އަދި ސައިޓް އިންސްޕެކްޝަން 28 އޭޕްރީލް 2022 ވާ   ބުރާސްފަތި ދުވަހުގެ 11:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި. (ޕްރީބިޑް އަދި   ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި   ނުގަނެވޭނެއެވެ.)

3.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 15 މެއި 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

 ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

4.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ބިޑް ޑޮކިއުމަންޓް

 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

20 އޭޕްރިލް 2022