މަސައްކަތް
ނަންބަރު: (IUL)7-TECH/1/2014/84
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 18 ސެޕްޓެންބަރު 2014 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އެކައުންޓެންޓުންގެ ބިލް ޑްރާފްޓް ކުރާނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ އެކައުންޓިންގގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމުގެ ގޮތުން ޕްރޮފެޝަނަލް އެކައުންޓެންސީ އޯގަނައިޒޭޝަނެއް ޤާއިމުކުރުމަށްޓަކައި އެކައުންޓެންޓުންނާ ބެހޭ ބިލެއް ޑްރާފްޓް ކޮށްދޭނެ ޤާނޫނީ ވަކީލެއްގެ ނުވަތަ ޤާނޫނީ ވަކީލުންގެ ފާރމެއްގެ ޚިދުމަތް މި އޮފީހަށް ބޭނުންވެއެވެ. މިގޮތުން، އައްޔަންކުރެވޭ ފަރާތުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. މި އޮފީހުން ފޯރުކޮށްދޭ ކަމާބެހޭ ލިޔެކިޔުންތައް (އެހެން ޤައުމުތަކުގެ ޕްރޮފެޝަނަލް އެކައުންޓެންސީ އޮގަނައިޒޭޝަންތައް ޤާއިމުކުރުމުގެ ޤާނޫނުތަކާއި، ޕްރޮފެޝަނަލް އެކައުންޓެންސީ އޮގަނައިޒޭޝަންތައް ޤާއިމުކޮށް ހިންގުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ނެރެ އާންމުކޮށްފައިވާ ލިޔެކިޔުންތައް) ދިރާސާކޮށް، އެކުރެވޭ ދިރާސާގެ އަލީގައި ދިވެހިރާއްޖޭގެ އެކައުންޓެންޓުންގެ ބިލްގެ ދެލިކޮޕީ އިނގިރޭސިބަހުންނާއި ދިވެހިބަހުން ތައްޔާރުކުރުން.
  2. އެކައުންޓެންޓުންގެ ބިލުގެ ދެލިކޮޕީ (އިނގިރޭސިބަހުންނާއި ދިވެހިބަހުން ތައްޔާރުކޮށްފައިވާ)، މި އޮފީހުން ކަނޑައަޅާ ފަރާތްތަކާ ޙިއްޞާކޮށް އެ ފަރާތްތަކުގެ ޚިޔާލު ހޯދައި، އެ ޚިޔާލުތަކުގެ އަލީގައި މި އޮފީހުގެ މަޝްވަރާއާއެކު އެ ދެލި ކޮޕީއަށް ގެންނަން ފެންނަ އިޞްލާޙުތައް ގެނައުން.
  3. އެކައުންޓެންޓުންގެ ބިލާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމުގެ ގޮތުން މި އޮފީހުން އިންތިޒާމު ކޮށްގެން ބާއްވާ ބައްދަލުވުންތަކުގެ ބައިވެރިންނަށް ބިލާ ބެހޭގޮތުން އިތުރު މަޢުލޫމާތު ދީ، އެ ބައްދަލުވުންތަކުން ލިބޭ ޚިޔާލުތަކުގެ އަލީގައި، ބިލުގެ ދެލި ކޮޕީއަށް ގެންނަންޖެހޭ އިޞްލާޙުތައް މިއޮފީހުގެ މަޝްވަރާއާއެކު ގެނެސް، ބިލު މަޖިލީހަށް ހުށަހަޅާއިރު އޮންނަންވީގޮތުގެ ދެލި ކޮޕީ ތައްޔާރުކުރުން.

ޕޮއިންޓް ދޭނެ އުސޫލު

  1. މަސައްކަތްކުރުމަށް ހުށަހަޅާ ޤާނޫނީ ވަކީލަށް ނުވަތަ ވަކީލުންނަށް ޤާނޫނު ޑްރާފްޓްކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު %35
  2. މަސައްކަތްކުރުމަށް ހުށަހަޅާ ޤާނޫނީ ވަކީލުގެ ނުވަތަ ވަކީލުންގެ ތަޢުލީމީ ފެންވަރު %25
  3. މަސައްކަތުގެ އަގު %40

މިއޮފީހަށް ބޭނުންވާ މަތީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އަންދާސީހިސާބު އިވެލުއޭޓްކުރަން ބޭނުންވާ މަޢުލޫމާތު ފުރިހަމައަށް ލިބިފައިނުވާތީ، މިއޮފީހުގެ ނަންބަރު IUL)7-ADMN/1/2014/69)ފ(26 ޖުލައި 2014) އިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އޮފީހަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު 24 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވަދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

09 ސެޕްޓެންބަރު 2014