މަސައްކަތް
ނަންބަރު: (IUL)303-AS /303/2022/15:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 26 ނޮވެންބަރު 2021 10:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 އަހަރު ދުވަހުގެ މުއްދަތައް ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފްކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

   މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

           އުނގޫފާރު، ދިވެހިރާއްޖެ                                             ނަމްބަރ:IUL-303-AS/303/2022/15            

 

އިޢުލާން

 

2 އަހަރު ދުވަހުގެ މުއްދަތައް ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފްކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                     2  އަހަރު  ދުވަހުގެ  މުއްދަތައް  ރަށުގެ އިޖްތިމާޢީ  ސަރަހައްދުތައް  ކުނިކަހާ ސާފްކޮއްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއްޖެއެވެ.

                    ވީމާ، ސުރުޚީގައި ދެންނެވިފައިވާ މިރަށުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފްކޮއްދިނުމަށް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮއްދިމުނަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 26 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާ އަށެވެ. އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ . އުނގޫފާރު ކައުންސިލް އިދާރާގައި 08 މެއި 2022 ވާ އާދިއްތަ ދުވަހު 10.30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ގެ އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފްކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ރައްކުނިކަހައި ދިނުމަށް އެދި ހުށަހަޅާ އަންދާސީ ހިސާބައް  %80

މާލީތަނަވަސް ކަމަށް % 10

ތަޖުރިބާއަށް % 10

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           19  ރަމަޝާން  1443    

           20 އެޕްރީލް   2022  

20 އޭޕްރިލް 2022