ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2022-54
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 27 އޭޕްރިލް 2022 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 އެންވަޔަރަންމަންޓަލް އިންޖިނިއަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

ކްލެސިފިކޭޝަން / ރޭންކް:

 އިންޖިނިއަރ ގްރޭޑް 02

މުސާރަ:

 މަހަކު 12750.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 5100.00 ރުފިޔާ

- ފޯނު އެލަވަންސް: 450.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

- ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

- ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

- އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އިން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- (އެންވަޔަރަންމަންޓަލް  ޕްރޮޓެކްޝަން އެޖެންސީ ގައި އީ.އައި.އޭ ކޮންސަލްޓެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މި ކޯޕަރޭޝަންގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ އެންވަޔަރަންމަންޓަލް  ދިރާސާތައް ހަދައި ރިވިއުކުރުން.

- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މިންގަޑަށް ފެތޭނެގޮތަށް 'އެންވަޔަރްމަންޓަލް  އިމްޕެކެޓް އެސެސްމަންޓް' ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުމާއި ބެލެހެއްޓުން.

- މި ކޯޕަރޭޝަންގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ހުއްދަތައް ހޯދުމާއި އެ އަދާހަމަކުރުން.

- އެންވަޔަރަންމަންޓަލް ސައިންސް ދާއިރާ އިން ބޭނުންވާ ފަންނީ އެހީތެރިކަމާއި، ލަފާ ޕްރޮޖެކްޓް ޓީމްތަކަށް ފޯރުކޮށްދިނުން.

- ޕްރޮޖެކްޓްތަކަށް ކުރިއަށްދަނީ އެކަމަށް ހެދިފައިވާ ޤާނޫނާއި ޤަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަން ކަށަވަރުކުރުން.

- ޑާޓާ ދިރާސާ ކުރުމާއި މަސައްކަތުގެ ފެންވަރު ބެލުން.

- 'އެންވަޔަރަންމަންޓަލް  އިމްޕެކެޓް އެސެސްމަންޓް' ހެދުމަށާއި އެހެނިހެން  ރިޕޯޓް ތައްޔާރުކުމަށް ބޭނުންވާ ޑާޓާ ތައް ހޯދުމާއި އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވުން.

-ޑިޕާޓްމަންޓުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމުގެ ގޮތުން، މަސައްކަތާއި ގުޅިގެން ސުޕަވައިޒަރު ޙަވާލުކުރާ އެހެނިހެން މަސައްކަތް ނިންމުން.

ސުންގަޑި:

 މި ވަޒީފާތައަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 27 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މެއިލް ([email protected]) އަށް ފޮނުވަންވާނެއެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދި ހުއަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މޭ މަހުގެ ތާރިޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                          19 ރަމަޟާން 1443 

20 އޭޕްރިލް 2022