ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 306/306/2022/22
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 28 އޭޕްރިލް 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ވޮލީ މުބާރާތް 2022" ގައި ބައިވެރިވުމުގެ ފީ އާގުޅޭ

ޢިޢުލާން

"ކައުންސިލް ވޮލީ މުބާރާތް 2022" ގައި ބައިވެރިވުމުގެ ފީ އާގުޅޭ

                ރ.ރަސްމާދޫ ކައުންސިލުން، ރަށުގެ ދެ ޖިންސްގެ ޒުވާނުންނަށްއަމާޒުކޮށްގެން 2022 މޭ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތް "ކައުންސިލް ވޮލީ މުބާރާތް 2022" ގައި ބައިވެރިވުމަށް ކޮންމެ ޓީމަކުންވެސް -/300ރ (ތިން ސަތޭކަ ރުފިޔާ) ގެ ފީއެއް ދައްކަންޖެހޭ ގޮތަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 11 ވަނަ ޢާއްމު ޖަލްސާއިން 2022 އެޕްރީލް 19 ވަނަ ދުވަހު ވަނީ ނިންމާފައެވެ.

              ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ޓީމްތަކުން، ފޯމް އާއެކު، ރަޖިސްޓްރޭޝަން ފީ އަށްވާ -/300 ރުފިޔާ ދެއްކެވުން އެދެމެވެ. ޓީމް ލިސްޓްތައް އީމެއިލް މެދުވެރިކޮށްވެސް ފޮނުވިދާނެއެވެ. އީމެއިލް މެދުވެރިކޮށް ލިސްޓް ފޮނުވާނަމަ ރަޖިސްޓްރޭޝަން ފީ ޓްރާސްފަރ ކުރި ސްލިޕް ޓީމް ލިސްޓާއެކު ފޮނުއްވަންވާނެއެވެ.

ރަޖިސްޓްރޭޝަން ފީ ޓްރާސްފަރ ކުރައްވާނީ، މިކައުންސިލްގެ (1347 ރެވެނިއު 1 / ރ.ރަސްމާދޫ ކައުންސިލްގެ އިދާރާ) އެކައުންޓް ނަންބަރު: 7717700404001 އެކައުންޓަށެވެ.

              މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 އޭޕްރިލް 2022