ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)329/329/2022/39
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 28 އޭޕްރިލް 2022 11:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުން

  ޤާނޫނު ނަންބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) އަށް ގެނެވުނު 8 ވަނަ އިޞްލާހާއި ގުޅިގެން، ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ  މަސައްކަތުގެ ތެރެއިން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެއުޅަދެއް ރަޖިސްޓަރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓަރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ، މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދަފްތަރު އެކުލަވާލުމަށް ބޭނުންވެއެވެ.

 

           ވީމާ، 2022 އެޕްރީލް  28 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ގެންގުޅުއްވާ ފަރާތްތަކުން، ވެހިކަލް/ވެސަލްގެ ރަޖިސްޓަރީގެ ކޮޕީ، އައި.ޑީ ކާޑްގެ ކޮޕީ، ވެރިފަރާތުގެ އެޑްރެސް އަދި ގުޅޭނެ ނަންބަރު، މިކައުންސިލްއާއި ހިއްސާކޮށްދެއްވުން އެދެމެވެ. އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރު ރަޖިސްޓަރީކުރާ ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ލިންކް މެދުވެރިކޮށް  ވެސް ރަޖިސްޓަރީ ކުރެވޭނެވާހަކަ  ދަންނަވަމެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެއްގަމު ނުވަތަ ކަނޑުގެ އުޅަނދެއް ރަށަށް ގެނެސްފިނަމަ ދަފްރަރުގައި ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ.

ލިންކް:  https://forms.gle/NvzVDVx5QToYgNJ49

އަދި މީގެ ފަހުން އެއްގަމާއި  ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރުގައި ރަޖިސްޓަރީ ނުކުރާ އުޅަނދުތަކަށް މިކައުންސިލުން އުޅަނދު ފަހަރަށް ދޫކުރާ ލިޔުން ދޫނުކުރާނެވާހަކަ ދަންނަވަމެވެ.

              ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

               19 ރަމަޟާން 1443

              20 އެޕްރީލް 2022

20 އޭޕްރިލް 2022