ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2014/69
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 18 ސެޕްޓެންބަރު 2014 14:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

އަދަދު

3 (ތިނެއް)

މަސައްކަތްކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/3000 (ތިންހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %55
  • އިތުރުގަޑީގެ ފައިސާ (އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.)

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުން ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން.
  • ކޯޓުން ހަދާ ޤަވާޢިދުތަކާއި އުސޫލުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގެ މަސައްކަތްކުރުން.
  • ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.
  • މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.
  • މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމުގައި ޤާޒީންނަށް އެހީތެރިވެދިނުން.
  • ޤާޒީގެ ލަފަޔާއި މަޝްވަރާގެމަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-  މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

ސުންގަޑި

2014 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

1-  ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު  20 އަށްވުރެ އިތުރުވެއްޖެނަމަ، ޝޯޓްލިސްޓްކުރެވޭނީ، ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބަލައިގެން އެންމެމަތިން މާކްސް ލިބޭ 20 ފަރާތަށެވެ.

2- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުންނާއި، މި ކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv ން ލިބެން ހުންނާނެއެވެ.

04 ސެޕްޓެންބަރު 2014