ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)253-CAA/253/2022/31
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 21:08
ސުންގަޑި: 25 އޭޕްރިލް 2022 12:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށް އަންހެން މުވައްޒަފަކު ނެގުމަށް

2022  ވަނަ އަހަރު ހއ.މާރަންދޫ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ މުވައްޒަފުން ހޯދުން

 

ވަޒީފާގެ ފުރުސަތު

2022 ވަނަ އަހަރު މާރަންދޫ އިޖްތިމާޢި ސަރަޙައްދު ކުނިކަހާ ސާފުކުރާނެ މުވައްޒަފުން ހޯދުން

މަޤާމް:

މަސައްކަތު (ވަގުތީ)

މަސައްކަތް ކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ހިޔުމަން ރިސޯސް ސެކްޝަން

އެލަވަންސް: (މަސައްކަތް ކުރާ ގަޑީއަކަށް)

33.65 (ތިރީސް ތިންރުފިޔާ ފަސްދޮޅަސްފަސްލާރި)

ބޭނުންވާ ޢަދަދު:

01 އަންހެން

އަސާސީ ޝަރުތު:

1. ލިޔަން ކިޔަން ދަތުން

2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަޙައްދުތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނި ކަހާ ސާފުކުރުން.
  • ކައުންސިލް އިދާރާއިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ތަކުގައި އެހީތެރިވެދިނުން.
  • ސަރުކާރުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 3 ގަޑިއިރު އަދި ހޮނިހިރު ދުވަހުގެ 2 ގަޑިއިރު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  • ޙާއްސަ މުނާސަބަތު ތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލެވޭ ކަންތައްތައް:

1. ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

2. ކުނިކެހުމުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަން ހުރި މީހަކު ކަމުގައިވުން.

3. ސަރުކާރު ވަޒީފާއެއް އަދާ ކުރާ މީހެއްކަމުގައިނުވުން.

 

 

  • އިންޓަވިއު: މިމަޤާމަށް ޝަރުތު ހަމަވާ ފަރާތް ތަކުގެ އިންޓަވިއު އޮންނަ ތާރީޙެއް މި އިދާރާއިން އަންގާނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާއަށެވެ.
  • ·         ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް.

2.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅުއްވާނީ 6500029 ފޯނާއެވެ.

                    ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

                         18 ރަމަޟާން 1443 

                         19 އެޕްރީލް 2022  

19 އޭޕްރިލް 2022