ބީލަން
ނަންބަރު: (IUL)30-PMU1/30/2022/140
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 10 މޭ 2022 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝް ފީޑް (ހެޗަރީ/ފްރައި ފީޑް)، މިލްކްފިޝް ޑްރައި ޕެލެޓް ފީޑް، ޑްރައި ޕެލެޓް ފީޑް- ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

 

ފިޝް ފީޑް (ހެޗަރީ/ފްރައި ފީޑް)، މިލްކްފިޝް ޑްރައި ޕެލެޓް ފީޑް، ޑްރައި ޕެލެޓް ފީޑް- ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

 

1. ދިވެހި ސަރުކާރުން ވާރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން، ފްރޭމްވޯކް އެގްރީމެންޓް މެދުވެރިކޮށް ފިޝް ފީޑް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

 2. ވީމާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް ފްރޭމްވޯކް އެގްރީމެންޓް މެދުވެރިކޮށް ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ ޕްރައިމަރީ ޕްރޮކިއުމެންޓަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

         I.   ފިޝް ފީޑް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

         II.  ޑެލިވަރީ ކުރަންޖެހޭ ތަން: ކ.މަނިޔަފުށި

         III.  ޑެލިވަރީ މުއްދަތު: 35 ދުވަސް  )ކޯލް-އޮފް ކޮންޓްރެކްޓް އިން ފެށިގެން)

 3. ޕްރައިމަރީ ޕްރޮކިއުމެންޓް ޕްރޮސެސް މެދުވެރިކޮށް ޤާއިމްކުރެވޭނީ ކްލޯސްޑް ފްރޭމްވޯކް އެގްރީމެންޓެކެވެ.

 4. މި ޕްރޮޖެކްޓްގެ ޕްރޮކިއުމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓެޓިވް ޕްރޮކިއުމެންޓް އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ ރިކުއެސްޓް ފޯ ބިޑްސް މެދުވެރިކޮށް "ޕްރޮކިއުމެންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް.ބޮރޯވަރސް" ޖުލައި 2016 ގައި ޝާއިރުކޮށް ނޮވެމްބަރ 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކޮށްފައިވާ (ޕްރޮކިއުމެންޓް ރެގިއުލޭޝަން) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 5. ފްރޭމްވޯކް އެގްރީމެންޓް ވާނީ ސިންގަލް-ޔޫސަރ އެގްރީމެންޓަކަށެވެ. މި ފްރޭމްވޯކް އެގްރީމެންޓް ދަށުން  ސިންގަލް-ޔޫސަރ އަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއެވެ.

 6. ފްރޭމްވޯކް އެގްރީމެންޓް ވާނީ މަލްޓި-ސަޕްލަޔަރ އެގްރީމެންޓަކަށެވެ.

 7. ފްރޭމްވޯކް އެގްރީމެންޓް މެދުވެރިކޮށް ކޯލް-އޮފް ކޮންޓްރެކްޓް އެވޯޑް ކުރެވޭނީ ސެކަންޑްރީ ޕްރޮކިއުއުމެންޓް މަރުހަލާއެއް ފުރިހަމަކުރުމަށްފަހުއެވެ.

 8. ބިޑް ހުށްހަޅާ ފަރާތްތަކުން 'ޝެޑިއުލް އޮފް ރިކުއަރމަންޓްސް' ގެ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ.

 9. ފްރޭމްވޯކް އެގްރީމެންޓްގެ މުއްދަތަކީ 8 މަހެވެ. އަދި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެގްރީމެންޓްގެ މުއްދަތު 1 އަހަރު އިތުރު ކުރެވިދާނެއެވެ.

 10. މި ބިޑާއި ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާނަމަ ތިރީގައިވަ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

              ސާއިފް މުހައްމަދު ސަލީމް

               ޕްރޮޖެކްޓް ޑިރެކްޓަރ

               ހ.ވައިޓްވޭވްސް

                މޫންލައިޓް ހިނގުން

                ފޯން:  3322328    

                އީމެއިލް: [email protected]

               [email protected]

  11.  މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމެންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް http://sfrdp.fishagri.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މައުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 12. ބީލަން ހުޅުވުން އޮންނާނީ 2022 މޭއި 10 ވާ އަންގާރަ ދުވަހުގެ 11:00 ގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

                           

 

19 އޭޕްރިލް 2022