މަސައްކަތް
ނަންބަރު: (IUL)E-380/2022/10
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 08 މޭ 2022 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގައި ސޯލާ ސިސްޓަމްއެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢްލާން

ކައުންސިލް އިދާރާގައި ސޯލާ ސިސްޓަމް އެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

 ދ.މާއެނބޫދޫ ކައުންސިލްގެ އިދާރާގައި، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، ސޯލާ ސިސްޓަމް ސަޕްލައިކޮށް ހަރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 މިބީލަމުގައި ބައިވެރިވާން  ޝައުޤުވެރިކަން ހުރި ފަރާތްތަކުން 8 މެއި 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްއަށް ދުރުވެ ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށް މެއިލްކޮށްގެން އަދި މި ލިންކު މެދުވެރިކޮށް https://docs.google.com/forms/d/e/1FAIpQLSeSTnQrjwY7QJIXW2MDSehRx9pAXMCAiS71mGTSgmedkqJ06A/viewform?usp=sf_linkރެޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވަން ފޮނުވާ މެއިލްގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނުންއެދެމެވެ.

      - އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ހުށައަޅާ މަސައްކަތް އެނގޭނެ ގޮތަށް ލިޔުމަށް)

      - ކުންފުނި ނުވަތަ ވިޔަފާރިގެ ނަން

      - ގުޅޭނެ ނަންބަރު

      - އީމެއިލް އެޑްރެސް

      - މެއިލް ފޮނުވާ ފަރާތުގެ ނަން

      އިތުރު މަޢުލޫމާތު

  1. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 މެއި 2022 ވާ ބުރާސްފަތި ދުވަހު ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ހޯލްގައެވެ.
  2. ހުށަހަޅާ އަންދާސީ ހިސާބު ހުށަހަޅަންވާނީ ބައިންޑްކޮށް ނުވަތަ ހީރަސްޖަހާ ގަނޑުތައް ފަސޭހައިން ނުނެއްޓޭނެގޮތަށް، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް" އަދި ފޮނުވާފަރާތުގެ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.
  3. ގަޑި ޖެހުމުގެ ކުރިން އަދި ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
  4. ކޮންމެ ފަރާތަކަށް ގިނަވެގެން ހުށަހެޅޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ.
  5. އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އަދި 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
  6. ހުށަހަޅާ އަންދާސީ ހިސާބަށް (ވެލިޑިޓީގެ ގޮތުގައި) 60 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ލިބިއްޖެނަމަ ހުށަހަޅާފައިވާ އަގުތަކުގައި މަސައްކަތް ކޮށްދޭންވާނެއެވެ.
  7. އަންދާސީ ހިސާބާއިއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ވިޔަފާރީގެ ޕްރޮފައިލް (މިބާވަތުގެ މަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުން/ލިޔުންތަކާއެކު) ހުށަހަޅަންވާނެއެވެ.

  8- ބިޑުތަށް އިވެލުއޭޓު ކުރުމުގައި މާކުސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

% 65

އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

% 15

ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެން ގިނަ ލިޔުންތައް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް (މިގޮތުން ޕޮއިންޓް/މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވަގެން 5 ލިޔުމަށް، ލިޔުމަކަށް 2 ޕޮއިންޓް/މާކްސް ލިބޭގޮތަށް

10%

 ޕްރޮޑަކްޓް ވޮރެންޓީގެ ގޮތުގައި އެންމެ ގިނަ އަހަރުދުވަސް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް

5%

 ސާރވިސް ވޮރެންޓީގެ ގޮތުގައި އެންމެ ގިނަ އަހަރުދުވަސް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް

5%

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

19 އޭޕްރިލް 2022