ބީލަން
ނަންބަރު: GS166/IUL/2022/005
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 27 އޭޕްރިލް 2022 13:00
މުލަކު ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މުލަކު ސްކޫލް

މ.މުލައް                                                                                                            

ދިވެހިރާއްޖެ                                                           ނަންބަރު:GS166/IUL/2022/005

އިޢުލާން

 

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

            މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތް 3 އަހަރަށް، ވިޔަފާރި ޢުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

              މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2021) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރާބައްދަލުވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ހުއްދައިގެ ކޮޕީއާއި އައި.ޑީ ކާޑު ގެންނަންވާނެއެވެ.

            ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

މުލަކު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން

24 އެޕްރީލް 2022ވާ އާދިއްތަދުވަހުގެ 13:00ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން

27 އެޕްރީލް 2022 ވާ ބުދަދުވަހުގެ 13:00 ގައި

 

 

މުލަކު ސްކޫލް

ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.

ފޯން:  7952903  ,  9701607

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

17 ރަމަޟާން 1443

18 އެޕްރީލް 2022

18 އޭޕްރިލް 2022