ބީލަން
ނަންބަރު: (IUL)323/323/2022/7
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 12 މޭ 2022 10:00
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަވަރ ގޭޓް 1.5 ޓަނުގެ ޕިކަޕު ޓުރަކެއް ގަތުމަށް

                                                                                            އިޢުލާން ނަންބަރު: (IUL)323/323/2022/7

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

         ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ބ ފުޅަދޫގެ ކުނިމެނޭޖްކުރުމުގެމަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ފޯރުކޮށްދެއްވާ އެހީގެ ތެރެއިން ޕަވަރ ގޭޓް ޕިކަޕެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާ، ފުރަތަމަ ފަހަރަށް ކުރި ނަންބަރ (IUL)323/323/2022/5 (16 މާރޗު 2022 ) އިޢުލާނުގެ މުއްދަތު ހަމަވެ، އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާ ފައިނުވާތީ، އަލުން މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.  

          ވީމާ  ޕަވަރ ގޭޓް ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ  ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

          މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި  މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

          ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ރެޖިސްޓރޭޝަން ފޯމް ފުރިހަމަކޮށް ރެޖިސްޓރޭޝަން ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މި ކައުންސިލްގެ މެއިލް [email protected] އަށް މެއިލްކުރުމުން  ރެޖިސްޓްރީ ކުރެވުނީ އެވެ. ރެޖިސްޓރޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10.00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

 

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑު ސެކިއުރިޓީ

މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

          ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

          ބީލަން ހުށަހަޅާނީ 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން  12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އާދެމެދު މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާއަށެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ 12 މެއި 2022 ވާ ބުރާސްފަތި  ދުވަހުގެ 10:00 ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ޙާޟިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް[email protected]

ފޯން : 7522771 އާއިޝަތު ޞަފާ

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސް މަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

19 އޭޕްރިލް 2022