ދިވެހިރާއްޖެ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބޭނުމަށް ޕަބްލިކް އެނައުންސިންގ ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކަމިޝަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 116/F4/IFB/2014/09 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 13:00 އަށް މިކުންފުނީގެ އިދާރީ އޮފީހަށް (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. އަންދާސީހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ފަންނީ ދިރާސާއަކަށްފަހު މާލީ ދިރާސާއެއް ހެދުމަށްފަހު، ބިޑް އެވޯޑް ކުރާނެ ފަރާތެއް ނިންމާނީ ޓެންޑަރ އިވެލުއޭޝަން ކޮމެޓީންނެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337279 /3337236 960 ، ފެކްސް 3331772 960 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero
13 ޛުލްޤަޢިދާ 1435