ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/41
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 27 އޭޕްރިލް 2022 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވާލުން؛

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 08 ވަނަ އިސްލާހާއި ގުޅިގެން އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ، އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ، މިރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

ވީމާ، މިރަށުގައި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން އުޅަނދު ތަކުގެ ރަޖިސްޓްރީގެ ކޮޕީ، 2022 އޭޕްރިލް 27 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ މިއިދާރާގެ [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޭޕްރިލް 2022