ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)94-Q/94/2022/ 17
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 09 މޭ 2022 14:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް ޑެލް ބްރޭންޑުގެ 03 ކޮންޕިއުޓަރ ސިސްޓަމު ހޯދުމަށް.

ޕްރޮޖެކްޓް ނަންބަރު:  PC-942022W-17

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ   

  1. މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް ޑެލް ބްރޭންޑުގެ 03 ކޮންޕިއުޓަރ ސިސްޓަމު ހޯދުމަށް ބޭނުންވެއެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 19 އޭޕްރިލް 2022 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ބިޑް އާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 28 އޭޕްރިލް 2022  ވާ ބުރާސްފަތި  ދުވަހުގެ 13:00  ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
  4. ބިޑް ހުށައެޅުން އޮންނާނީ 09 މެއި 2022 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޔުނިޓް (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.  
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330470, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

 

19 އޭޕްރިލް 2022