ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އުލިގަމު މެޖިސްޓްރޭޓް ކޯޓް
އުލިގަން،ދިވެހިރާއްޖެ.
ވަޒީފާގެ ފުރުޞަތު |
ނަންބަރު: A2C-A/2022/01 |
|||||||||
ތާރީޚް: 19 އޭޕްރީލް 2022 |
||||||||||
މަޤާމު |
ވޮޗަރ (ދާއިމީ) |
ރޭންކް: އެސް.އެސް 1 |
||||||||
ޢަދަދު |
01 |
|||||||||
މަސައްކަތްކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ އުލިގަމު މެޖިސްޓްރޭޓް ކޯޓް |
|||||||||
އަސާސީ މުސާރަ |
3100/-ރުފިޔާ |
|||||||||
މިމަޤާމަށް ލިބޭ އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: -/ 620(މުސާރައިގެ %20) - ސަރވިސް އެލަވަންސް: 1,000/- - ލިވިންގ އެލަވަންސް: 2550/- - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ |
|||||||||
އަސާސީ ޝަރުޠު |
1- ލިޔަންކިޔަން ދަތުން ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް މިކޯޓުން ޓެސްޓެއް ދީގެންނެވެ. |
|||||||||
އެހެނިހެން ޝަރުތު |
|
|||||||||
މަޤާމުގެ މަސްއޫލިއްޔަތު |
1- ކަނޑައެޅިފައިވާ ޑިއުޓީ ތާވަލާއި އެއްގޮތަށް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން 2- ޑިއުޓީކުރަން ފެށުމުގެ ކުރީގައި ކޯޓުގެ ޢިމާރާތުގެ ދޮރުތައް ތަޅުލެވިފައިވޭތޯ ބަލާ ޗެކްކުރުމާއި ގޯތި ތެރެއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ބަލާ ޗެކްކުރުން 3- ކޯޓުގެ ޢިމާރާތާއި ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން. 4- ހަމަޖެހިފައިވާ އުޞޫލާއި ޚިލާފަށް ކޯޓުގެ ގޯތިތެރެއަށް ތަކެތި ވެއްދުމާއި، ތަކެތި ބޭރުކުރިޔަ ނުދިނުން. 5- ޢިމާރާތާއި، ގޯއްޗަށް އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްކުރުން. 6- ތަނުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ވަގުތުން ކުރަންޖެހޭނެ ކަމަށް ފެންނަ ކަންތައްތަކުގެ މަޢުލޫމާތު ވީއެންމެ އަވަހަކަށް އެވަގުތަކު ކޯޓު ހިންގުމާއި ހަވާލުވެހުރި މެޖިސްޓްރޭޓަކަށް ނުވަތަ އިދާރީ އިސްވެރިޔަކަށް ދިނުން. އަދި އެމެޖިސްޓްރޭޓަކު ނުވަތަ އިދާރީ އިސްވެރިޔަކު އަންގާގޮތެއްގެ މަތިން އެކަމެއް ހައްލުކުރުން. 7- ޑިއުޓީ ފަށާއިރު ކޯޓު އެތެރެދިއްލާފައި ހުރިކަން އެނގެން ހުރިނަމަ އެކަން މެޖިސްޓްރޭޓަށް ނުވަތަ އިދާރީ އިސްވެރިޔަކަށް އެންގުން. 8- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް ކޯޓުން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާއިދުން ކުރުން. |
|||||||||
ހުށަހަޅަންޖެހޭ ތަކެތި |
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. 2- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް. 3- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ. 6- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 8- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. 9- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. |
|||||||||
ސުންގަޑި |
2022 އޭޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|||||||||
އިތުރު މަޢުލޫމާތު |
|
|||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
|
|||||||||
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|
|||||||||
18 ރަމަޟާން 1443
19 އޭޕްރިލް 2022