ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)287/287/2022/16
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 24 އޭޕްރިލް 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދު ތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

 އިޢުލާނު

 

ނ.މާޅެންދޫ ގައި ދުއްވާ އެއްގަމާއި ކަނޑު އުޅަދު ތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

 

ޤާނޫނު ނަމްބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާޙާއި ގުޅިގެން، ކައުންސިލުތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެއުޅަނދެއް ރެޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިނިސްޓްރީއޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކުރައްވަމުން ގެއްދަވާތީ، އެމިނިސްޓްރީ އަށް ހުށަހެޅުމަށް މިރަށުގައި ދުއްވަ އެންމެހާ، އެއްގަމާއި ކަނޑު އުޅަދުފަހަރުގެ ދަފްތަރެއް އެކުލަވާލަން ބެނުންވެއެވެ.

ވީމާ، މިރަށުގައި ދުއްވާ އެންމެހާ، އެއްގަމާއި ކަނޑުގެ އުޅަދުފަހަރު ގެ މަޢްލޫމާތު (އެއުޅަދެއްގެ ރެޖިސްޓްރީގެ ކޮޕީ) މިއިދާރާގެ ވައިބަރ ނަމްބަރ 9559202 އަށް، ނުވަތަ [email protected] އަށް  24 އޭޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުވައި ދެއްވުނެ އެދެމެވެ.

މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

19 އޭޕްރިލް 2022