ބީލަން
ނަންބަރު: (IUL)255/255/2022/25
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 26 އޭޕްރިލް 2022 11:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އުތީމުގައި ކުނިމެނޭޖުކުރާ މަރުކަޒު އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދުމަށް

ހއ. އުތީމުގައި ކުނިމެނޭޖުކުރާ މަރުކަޒު އިމާރާތް ކޮއްދޭނެފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.  

ވީމާ، އެމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން މިކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

26 އޭޕްރީލް 2022 (އަންގާރަ) / ގަޑި 11:00

08 މޭ 2022 (އާދިއްތަ) / ގަޑި 11:00

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާފަރާތުގެ ނަން އޮންނަންވާނެއެވެ.

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޭޕްރިލް 2022