މަސައްކަތް
ނަންބަރު: MWSC-61/ADV/2014/088
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 18 ސެޕްޓެންބަރު 2014 16:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ށ.ކަނޑިތީމުގައި ސުވަރ ސީއައުޓްފޯލް ޕައިޕްލައިން އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ށ.ކަނޑިތީމުގައި ސުވަރ ސީއައުޓްފޯލް ޕައިޕްލައިން އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 300.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 14 ސެޕްޓެންބަރު 2014 އިން 18 ސެޕްޓެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުުފަހުގެ 04:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 22 ސެޕްޓެންބަރު 2014 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:30 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 30 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:00 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

ބިޑް އެވޯރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ކުންފުނީގެ ވެބްސައިޓް www.mwsc.com.mv އިން ލިބެން ހުންނާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

11 ސެޕްޓެންބަރު 2014