ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2022/24
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 25 އޭޕްރިލް 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން، ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ، މި ރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވެއެވެ.

     ވީމާ، 2022 އޭޕްރިލް 25 ވާ ހޯމަ ދުވަހުގެ ނިޔަލަށް، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ގެންގުޅުއްވާ ފަރާތްތަކުން، ވެހިކަލް/ވެސަލްގެ ރަޖިސްޓްރީގެ ކޮޕީ، އައި.ޑީ ކާޑްގެ ކޮޕީ، ވެރިފަރާތުގެ އެޑްރެސް އަދި ގުޅޭނެ ނަންބަރު، މިކައުންސިލްއާއި ހިއްސާކޮށްދެއްވުން އެދެމެވެ.  އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރު ރަޖިސްޓްރީކުރާ ފޯމް ކައުންސިލް އިދާރާ އިން ލިބެންހުންނާނެއެވެ. އަދި ތިރީގައިވާ ލިންކް މެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެވާހާކަ ދަންނަވަމެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެއްގަމު ނުވަތަ ކަނޑުގެ އުޅަނދެއް ރަށަށްގެނެސްފިނަމަ ދަފްތަތުގައި ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/Ymw7GvFabEThNUmP7

   އަދި މީގެ ފަހުން އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރުގައި ރަޖިސްޓްރީ ނުކުރާ އުޅަނދުތަކަށް މިކައުންސިލުން އުޅަނދު ފަހަރަށް ދޫކުރާ ލިޔުން ދޫނުކުރާނެވާހަކަ ދަންނަވަމެވެ.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 އޭޕްރިލް 2022