ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-HR/IUL/2022/046
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 27 އޭޕްރިލް 2022 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑްސް ސްޕެޝިއަލިސްޓް

އިޢުލާން

ނަންބަރު: WAMCO-HR/IUL/2022/046

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑްސް ސްޕެޝިއަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


މެނޭޖަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/20,000 އާއި -/ 25,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، އޮޕަރޭޝަންސް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ދަށްވެގެން އެންވަޔަރަންމަންޓަލް ސައިންސް، ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް / ޕްރޮޓެކްޝަން / ކޮންސަރވޭޝަން، ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ  ހާސިލްކޮށްފައިވުން. (އަދި ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ)
  2. މަސައްކަތާއި ގުޅޭ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  3. ކުނި މެނޭޖުކުރުމުގެ ދާއިރާއިން ހިންގިފައިވާ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
  4. ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ތިމާވެށީގެ ޤާނޫނާތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  5. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  7. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުގެ ދަށުން ހިންގާ އެކިއެކި ފެސިލިޓީ ތަކުގައި ތިމާވެއްޓާއި އިޖުތިމާއީ ގޮތުން ރައްކާތެރި ކުރުމަށް އެޅޭ ފިޔަވަޅުތަކާއި މިންގަނޑުތަށް ބައްޓަންކުރުމާއި ޤާއިމްކުރުން އަދި ތަންފީޛުކުރުން އަދި މި ދާއިރާއިން މުވައްޒަފުން އަހުލުވެރިކުރުވުން
  2. ކޯޕަރޭޝަނުގެ ދަށުން ހިންގާ އެކިއެކި ފެސިލިޓީތަކުގައި ތިމާވެއްޓާއި އިޖުތިމާއީ ގޮތުން ރައްކާތެރިނޫން ގޮތްގޮތަށް ކުރެވޭ ކަންކަން ފާހަގަކޮށް، ރަނގަޅުކުރުމަށް ކޯޕަރޭޝަނުގެ މެނޭޖްމަންޓަށް ހުށަހަޅާ އެކަންކަން ދެމެހެއްޓެނިވި ގޮތަކަށް އިސްލާހުކޮށް ހަރުދަނާކުރުން.
  3. އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އިން ފާސްކޮށްފައިވާ އީ.އައި.އޭ ރިޕޯޓްތަކާއި އެފަރާތްތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އެއްގޮތައް ކޯޕަރޭޝަނުގެ ތިމާވެއްޓާއި އިޖުތިމާއީ ހިންގުމުގެ ޕްލޭންތައް އެކުލަވާލުން.
  4. ކަނޑައެޅޭ ތާވަލަކާއި އެއްގޮތަށް ކޯޕަރޭޝަނުގެ އެކިއެކި ފެސިލިޓީތަކަށް ޒިޔާރަތްކޮށް، ސޭފްގާރޑްސް މިންގަނޑުތައް މޮނިޓަރކޮށް ބެލެހެއްޓުމާއި ދެމެހެއްޓުމާއި ކުންފުނީގެ މެނޭޖްމަންޓަށާއި ކަމާބެހޭ އިދާރާތަކަށް  ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއާއި އިމްތިޙާން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2022 އޭޕްރިލް 27 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2022 މެއި މަސް ތެރޭގައި ކުރިއަށް ގެންދެވޭނެވެ. 

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ރަމަޟާން 1443

18 އޭޕްރިލް 2022

 

18 އޭޕްރިލް 2022