މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2022/50
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 27 އޭޕްރިލް 2022 11:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ލީގަލް ރީޓެއިނަރއެއް ހޯދުމަށް ބީލަމަށް ހުޅުވާލުން

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި މި އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތަކާއި އެގްރިމަންޓްތައް ހެދުމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީސް ކޯޓުތަކުގައާއި ޓްރައިބިއުނަލްގައި ތަމްޞީލުކުރުމާއި، ޤާނޫނީގޮތުން އޮފީހުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް 1 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

https://bit.ly/306y0jP

 

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2022 އޭޕްރިލް 24 ވާ އާދިއްތަ ދުވަހުގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2022 އޭޕްރިލް 27 ވާ ބުދަ ދުވަހުގެ 11:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

18 އޭޕްރިލް 2022