ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2022/35
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 26 އޭޕްރިލް 2022 23:59
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އޮފިސަރ

                   `

                                                                        

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

  މާލެ، ދިވެހިރާއްޖެ                                          

                   އިޢުލާން

މިސަރވިސްގެ ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

އެސިސްޓެންޓް ސިވިލް އޮފިސަރ

ރޭންކް:

ސީ 2

ކްލެސިފިކޭޝަން:

އޮޕަރޭޝަނަލް ސިވިލް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު  -/5,400 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  -/2,430 ރުފޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

މާފުށި ޖަލު

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (06 މަސް)

ފެންވަރު ނުވަތަ ޝަރުތު:           

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  1. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30 (ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން

 

މަޤާމުގެ މަސްއޫލިއްޔަތު:

  •  މެޑިކަލް ސެންޓަރުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުން، އަދި އެހެނިހެން ޓެކްނިކަލް ސްޓާފުންގެ މަސައްކަތުގެ ހުރިހާކަމެއް ބަލަހައްޓާ މޮނީޓަރކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން،
  • މެޑިކަލް ސެންޓަރުގެ އިދާރީ މަސައްކަތްތައްކުރުމުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް އެއްބާރުލުން ދިނުން،
  • އަލަށް ޖަލަށްގެނެވޭ ކޮންމެ ޤައިދީއަކާއި ބަންދުމީހަކު ޖަލަށް ވެއްދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ސްކްރީން ފުރިހަމަކޮށް، ބަލި ޙާލަތުބޮޑު މީހެއްނަމަ އެމީހަކު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކުރުން،
  • ބޭސްއަޅަންޖެހޭ ޤައިދީންނާއި ބަންދުމީހުންގެ ބޭސްއެޅުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން،
  • ޑޮކްޓަރަށް ދައްކަންޖެހޭ ޤައިދީންނާއި ބަންދުމީހުން، ޑޮކްޓަރަށް ދެއްކުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން،
  • ޑޮކްޓަރަށް ދައްކާ ޤައިދީންނާއި ބަންދުމީހުންނަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ގަޑިން ގަޑިއަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން،
  • ޑޮކްޓަރަށް ދައްކާ ޤައިދީންނާއި ބަންދުމީހުންގެ މެޑިކަލް ފައިލް ޤަވައިދުން އަޕްޑޭޓްކުރަމުންދޭތޯ ބެލުން،
  • ޤައިދީންނާއި ބަންދުމީހުންގެ ޑޮކްޓަރީ ފަރުވާއާއި ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުން،
  • ކްލިނިކުގައި ހުންނަ މެޝިނަރީޒްފަދަ ތަކެތި ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އަދި ކްލިނިކަށް އިތުރަށް ހޯދަންޖެހޭ ތަކެތި ހޯދުން،
  • ހެލްތް މިނިސްޓްރީން ކަނޑައަޅާވައިވާ މިންގަނޑާއި އެއްގޮތަށް ކްލިނިކް ހުންގުމުގެ އެންމެހައި ކަންކަންކުރުން،
  • ޤާއިދީންނާއި ބަންދުމީހުންނަށް އެމަރޖެންސީކޮށް ފަރުވާދޭންޖެހޭ ޙާލަތްތަކުގައި އެމަޖެންސީކޮށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެއްސުން،

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • އިންޓަވިއު މާކުސް.
  • ދާއިރާއިން ލިބިފައިވާ މައުލޫމާތާއި ހުނަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ނަކަލެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.
  • ޕޮލިސް ރިޕޯޓް

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 2022 އޭޕްރީލް 26 ވާ އަންގާރަ ދުވަހުގެ ނިޔަލަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 50% ( ފަންސާސް އިންސައްތަ)

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރުމަށް ގުޅާނީ 3026143 އަދި 3026142 އަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކް ކުރުމަކީ ފޯމް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މެއިލް ލިބުނުކަން ޔަޤީން ނުކުރާ ފަރާތްތަކުގެ މެއިލް އެއްވެސް ސަބަބަކާ ހުރެ ރިސީވް ނުވާ ނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން ފަހުން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.)

 

18 އޭޕްރިލް 2022