ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ ބަނދަރުތަކުން ފީނެގުމާ ބެހޭ އުޞޫލު އާންމު ކުރުމާ ގުޅޭ
ގަވާއިދު ނަންބަރު 2019/R-992 (ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު) ގެ ދަށުން ބާރުލިބިގެން އައްޑޫސިޓީގެ ބަނދަރުތަކުން ފީނެގުމާބެހޭގޮތުން އެކުލަވާލާފައިވާ އުޞޫލު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ426-B(4)/2022/037 (16 ފެބްރުވަރީ 2022) ކައުންސިލްގެ ނިންމުމުން ފާސްކޮށްފައިވާތީ 12 އެޕްރީލް 2022 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް އަމަލު ކުރުމަށް ފަށާފައިވާކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
މި އިޢުލާނާއި އެކު އައްޑޫސިޓީގެ ބަނދަރުތަކުން ފީނެގުމާބެހޭ އުޞޫލް އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.
11 ރަމަޟާން 1443
12 އެޕްރީލް 2022