ދިވެހިރާއްޖެ
އިޢުލާން |
ނަންބަރު: (IUL)318-PP/318/2022/25 |
ތާރީޚް: 18 އޭޕްރީލް 2022 |
އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުން
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން، ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ، މި ރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވެއެވެ.
ވީމާ، 2022 އޭޕްރިލް 25 ވާ ހޯމަ ދުވަހުގެ ނިޔަލަށް، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ގެންގުޅުއްވާ ފަރާތްތަކުން، ވެހިކަލް/ވެސަލްގެ ރަޖިސްޓްރީގެ ކޮޕީ، އައި.ޑީ ކާޑްގެ ކޮޕީ، ވެރިފަރާތުގެ އެޑްރެސް އަދި ގުޅޭނެ ނަންބަރު، މިކައުންސިލްއާއި ހިއްސާކޮށްދެއްވުން އެދެމެވެ.
މި މަޢުލޫމާތު ގޫގުލްފޯމް މެދުވެރިކޮށް ހުށަހެޅުއްވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވޭނެއެވެ.
shorturl.at/aABFP