ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2022/44
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 27 އޭޕްރިލް 2022 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ، ޓެކްސް އެންޑް ރެވެނިއު ރިސާރޗް (ގްރޭޑް 1)

މި އިޢުލާންވަނީ 20 އޭޕްރިލް 2022 13:06 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :މެނޭޖަރ، ޓެކްސް އެންޑް ރެވެނިއު ރިސާރޗް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

ސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް  

ޑިޕާޓްމަންޓް

ޓެކްނިކަލް ސާރވިސަސް އެންޑް ރިސާރޗް ޑިވެލޮޕްމަންޓް

އަސާސީ މުސާރަ

-/11500ރ (އެގާރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

ދުވާލަކަށް 263/33ރ (ދުއިސައްތަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)

ލިވިންގ އެލަވަންސް

-/3000ރ (ތިން ހާސް) ރުފިޔާ

އޮޑިޓް އެލަވަންސް

-/2000ރ (ދެ ހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާނަމަ -/2000ރ (ދެހާސް) ރުފިޔާ

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000ރ (އެއް ހާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

 1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 

3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.

4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. ސަރުކާރުން ކަނޑައަޅާ އާމްދަނީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ހުރި ހިރާސްތައް ވަޒަންކޮށް އެ ހިރާސްތައް ކުޑަކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން ރިޕޯޓު ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން
  2. ޓެކްސޭޝަން ސިސްޓަމަށް އަންނަ ބަދަލުތަކުން ގައުމުގެ މާލިއްޔަތަށް ކުރާ އަސަރު އެކިއެކި ދިރާސާތަކުން ދައްކާ ގޮތަށް ބަލައި އިތުރަށް ދިރާސާކޮށް ރިޕޯޓް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.
  3. ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުން ގައުމުތަކުގެ ދައުލަތުގެ އާމްދަނީ އޮޑިޓް ކުރުމުގައި ގެންގުޅޭ އުސޫލުތައް ދިރާސާކޮށް އެކަންކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އަމަލީ ގޮތުން ތަންފީޒު ކުރެވޭނޭ ގޮތްތައް ބަލާ މެނޭޖްމަންޓަށް ރިޕޯޓެއްގެ ގޮތުގައި ހުށަހެޅުން.
  4. ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި، ދައުލަތަށް ޓެކުހާއި އެހެނިހެން ގޮތްގޮތުން ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާ ދައުލަތަށް ލިބުނު އާމްދަނީ، ކޮންމެ ތިންމަހުން އެއްމަހު މުރާޖައާކޮށް އެއާ ގުޅޭ 'އެނެލިސިސް' އެއް ހަދައި ރިޕޯޓެއް ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން.
  5. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓާމެދު އޮޑިޓަރ ޖެނެރަލްގެ ލަފާ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބޭނުންވާނޭ ފަންނީ އެހީތެރިކަން އޮޑިޓަރ ޖެނެރަލަށް ދިނުން.
 6. ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ދައުލަތަށް ލިބޭ އާމްދަނީގެ ފައިސާ      ބަލައިގަންނަ މުއައްސަސާތައް އޮޑިޓަރުންގެ ރިޕޯޓުތަކުގައި ހިމެނޭ އިސްލާހުކުރުމަށް    ލަފާދޭ ކަންކަން ކަނޑައެޅުމުގެ މަސައްކަތް ވިލަރެސްކުރުމުގައި އޮޑިޓަރުންނާއެކު      މަސައްކަތްކުރުން. 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

27 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ.

18 އޭޕްރިލް 2022