މަސައްކަތް
ނަންބަރު: (IUL)332-ADHR/332/2022/35
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 26 އޭޕްރިލް 2022 00:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ދިއްފުށީ އިޖުތިމާޢީ ސަރަޙައްދު 1 އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާދޭނޭ ފަރާތެއް ހޯދުން

  1. މިރަށުގެ އިޖުތިމާޢީ ސަރަޙައްދު 1 އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 17 އެޕްރީލް 2022 ން 26 އެޕްރީލް 2022 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:30 ށް މި އިދާރާގައެވެ. ރަޖިސްޓްރީވުން ކުރިއަށްގެންދާނީ މި އިދާރާ ނަމްބަރ 6640071 ފޯނާއި ގުޅައިގެންނެވެ.
  3. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 17 އެޕްރީލް 2022 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 26 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 27 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

17 އޭޕްރިލް 2022