މަސައްކަތް
ނަންބަރު: GC/IUL/2022/09
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 28 އޭޕްރިލް 2022 10:30
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލ.ގަން ކެމްޕަހުގައި ހަރުކުރެވިފައިވާ 17 އެއާކަންޑިޝަން ސާރވިސް ކުރުމަށާއި އިތުރު 3 އެއަކަންޑިޝަން ހަރުކުރުމާގުޅޭ

ޢިއުލާން

 

ލ.ގަން ކެމްޕަހުގައި ހަރުކުރެވިފައިވާ 17 އެއާކަންޑިޝަން ސާރވިސް ކުރުމަށާއި އިތުރު 3 އެއަކަންޑިޝަން ހަރުކުރުމާގުޅޭ

މިކެމްޕަހާއި ކެމްޕަސްގެ ކްލާސްރޫމްތަކެއްގެ ގޮތުގައި ބޭނުންކުރަމުންދާ މަތިމަރަދޫ ޕްރީސްކޫލްގައި  ހަރުކުރެވިފައިވާ 17 އެއާރކަންޑިޝަން އަމިއްލަ ތަކެތީގައި މަރާމާތުކޮށް، ސާރވިސް ކުރުމަށާއި އިތުރު 3 އެއަރކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޭޕްރިލް 2022 ވާ އާދީއްތަދުވަހުގެ 10:30 އަށް ލ.ގަން ކެމްޕަހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ވެސް މައުލޫމާތައްޓަކައި ދަންނަވަމެވެ.

އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 28 އޭޕްރިލް 2022 ވާބުރާސްފަތި 10:30 ގައި ލ.ގަން ކެމްޕަހުގައެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 6800014 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

18 އޭޕްރިލް 2022