މަސައްކަތް
ނަންބަރު: (IUL)297/297/2022/42
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 25 އޭޕްރިލް 2022 00:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ވެލިދޫ ޓޫރިޒަމް  ޒޯނުގައި ހަޓެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

  1. 1.      ކުރަންޖެހޭމަސައްކަތް

ޓޫރިޒަމް ޒޯނުގައި ހަޓުޢިމާރާތްކުރުން

v      ޢިމާރާތުގެ ބޮޑުމިން ބޭރުންބޭރަށް 12'×10' ވަސްކޮޅުގައި 12 ފޫޓް، އަސްކެނިދޮށުގައި 9 ފޫޓް ޢިމާރާތުގެ އުސްމިންހަމަކުރާނީ ހަމަބިމުގެ ލެވެލުންނެވެ.

v      4 ބުޑު ކޮންކްރިޓް ކުރުން. ( 24"×24"×8" ) ގައި ބުޑުއެޅުން. ކޮންމެބުޑަކަށް 8 ދަގަނޑުލުން. ބުޑުއަޅާނީ ރަށުގެ ހަމަބިމުގެ 22" އަޑީގައެވެ.

v      44 ފޫޓް ފައުންޑޭޝަން އެޅުން. ( 8"×6" ) ގައި 10 އެމްއެމްގެ 2 ދަގަނޑުލައި 6" ން ފަޅިރިންގ އަޅުވައިގެން.

v      4 ތަނބު ކޮންކްރިޓްކުރުން. ( 6"×6" ) 10 އެމްއެމްގެ 2 ދަގަނޑުލައި 6" ން ފަޅިރިންގ އަޅުވައިގެން.

v      ޢިމާރާތް ރާނާނީ 12"×5" ގެ ހޮލޯބްލޮކް އެޅިގަލުން. ގައު އަޅާނީ 6/1 އަށް ( 5 ވެލި 1 ސިމެންތި ) ސިމެންތިއަޅައިގެން. ރާނާނީ ރާއްޖެވެލިން.

v      ދެކުނުފާރުގައި ފެންލައިޓެއްހަރުކުރުން. ފެންލައިޓްދޭނީ ކައުންސިލްގެ އިދާރާއިންނެވެ.

v      44 ފޫޓް މަތީބެރިއެޅުން. ( 6"×6" ) ގައި 10 އެމްއެމްގެ 2 ދަގަނޑުލައި 6" ން ފަޅިރިންގ އަޅުވައިގެން ކޮންކްރިޓްކުރުން. ބެރިއެޅުމުގައި ފައިދޮށްފެއްތުމަށް 10 އެމްއެމްގެ ފުލްތްރްޑްރޮޑް ނުވަތަ އެސައިޒްގެ ބޯލްޓް ލާންވާނެއެވެ. ވަސްކޮޅުފައިދޮށްފެއްތުމަށް މަތީބެރިން ކޮންމެފައިދޮށްގަނޑަކަށް 10 އެމްއެމްގެ 1 ދަގަނޑުލާތަނބުކޮޅެއްއަޅައި ރޮޑްލުން.

v      ފާރުގެ ދެފުށުގައި ސިމެންތިޖަހާނީ ފާރަށްއޮލަފެން ޖަހައި 15 އެމްއެމް ބޯމިނުގައި ރާއްޖެވެލިން ފައުންޑޭޝަނާއެކު 5/1 އަށް ސިމެންތިލައިގެން. ސިމެންތިޖަހަންވާނީ ތަނބާއި ފާރުޖެހޭތަނަށް ދާލައިގެންނެވެ.

v      5 ގަނޑުފައިދޮށް، 7 ގަނޑުކެހަފަތް، ދަގަނޑުތިނުން ހިޔާކުރުން. ހިޔާކުރުމަށްބޭނުންވާ ތަކެތިދޭނީ ކައުންސިލްގެ އިދާރާއިންނެވެ. ( ފައިދޮށް،ކެހަފަތް،ޓިނު،އިސްކުރު )

v       169 އަކަފޫޓް ހިޔާކުރުން.

v       38 ފޫޓް ފްލެސިންއެޅުން.

v      ފައިދޮށްތަކުގަޔާއި، ކެހަފަތުގައި ސޮލިގްނަމްލުން.

v      120 އަކަފޫޓް 2" ބޯމިނުގައި ތަޅުންއެޅުން. އަދި ޢިމާރާތުގެ ދޮރުމަތީ ގާގަނޑުހެދުން.

v       120 އަކަފޫޓް ސީލިންގކުރުން. ސީލިންގކުރާނީ 6 އެމްއެމް ޕްލައިވުޑުން.

v       49 އަކަފޫޓް އަސްކަނިދޮށް 4 އެމްއެމް ސިމެންތިފިލައިން ސީލިންގކުރުން.

v       12 ފޫޓް ނަލަފިލާ ހަރުކުރުން. 9" ގެ ސިމެންތިފިލާ.

v       12 ފޫޓް ޕީވީސީ ދިޔަދޮވިލުން. 24" ން ބުޅިހަރުކޮށްގެން.

v       ދިޔަދޮވި ހޮޅިގުޅުން.

v       ދެކުނުފާރުގައި 78"×30" ގެ ދޮރެއްހަރުކޮށް ދޮރުފަތުގެ ދެފުށުގައި އޮމާންޓިނުޖަހައި އެސްއެސް 4 ހުޅުލައި އަތްގަނޑުތަޅެއްލުން. ދޮރާއި ދޮރުފަތާއި ފެންލައިޓްގައި ބަތާނަކޯޓްލައި 2 ކޯޓްދަވާދުލުން.

v       ބޭރުގައި ވޯޓަރޕްރޫފް ސީލަރލައި ވޯޓަރޕްރޫފް އައުޓްޑޯރ 2 ކޯޓް ކުލަލުން.

v       އެތެރެފާރުތަކާއި ސީލިންގގައި އިންޑޯ ސީލަރލައި އިންޑޯ 2 ކޯޓް ކުލަލުން.

      5 ގަނޑުފައިދޮށް، 7 ގަނޑުކެހަފަތް، ދަގަނޑުޓިނުން ހިޔާކުރުން. ހިޔާކުރުމަށްބޭނުންވާ ތަކެތިދޭނީ ކައުންސިލްގެ އިދާރާއިންނެވެ. ( ފައިދޮށް،ކެހަފަތް،ޓިނު،އިސްކުރު ) މަސައްކަތަށް ބޭނުންވާ މިނޫން ތަކެތި ހޯދަންވާނީ މަސައްކަތް ނަގާ ފަރާތުންނެވެ.

            

2.ހުށަހަޅަން ޖެހޭ ލިޔުންތައް

(ހ) ކޮމްޕެނީގެ ޕްރޮފައިލް

(ށ) ކޮމްޕެނީގެ ރެޖިސްޓްރީގެ ކޮޕީ

(ނ) ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން

(ނ) މިހާތަނަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމެއްގެ މަޢުލޫމާތު

(ރ) ޖީ.އެސް.ޓީ ސެޓްފިކެޓް

 

3.އަގުހުށަހަޅާ ފޯމްގައި ހިމަނަންވާނެ ކަންތައްތައް

(ހ) މަސައްކަތް ކޮށްދެވޭނެ އަގު

(ށ) ޖީ.އެސް.ޓީ (ރަޖިސްޓްރީ ކޮށްފައިވާ ނަމަ)

(ނ) މަސައްކަތް ފުރިހަމަކޮށް ނިންމޭނެ އެންމެ އަވަސް މުއްދަތު

4.މާކްސް ދެވޭގޮތުގެ ތަފްސީލު:

(ހ) ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

(ށ) ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

(ނ) ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

70%

v   ހިދުމަތުގެ އަގަށްދޭ މާކްސް

v   މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v   މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%

v  މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)

v  މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v  މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

މުއްދަތު

15%

v  މި ބައިގައި މާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

.ޚިދުމަތް ދިނުމަށް ހާވާލުކުރެވޭ ފަރާތުގެ ޒިންމާ

(ހ) މިޚިދުމަތް ދިނުމަށް އެކުލަވާލެވޭ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެމަތީން މަސައްކަތްކުރުން.

(ށ) އެއްބަސްވުމުގައި މައިގަނޑު ބިނާވަނީ މިމަޢުލޫމާތު ޝީޓްގެނަންބަރު 1 ގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ މައްޗަށެވެ.

(ނ) ޚިދުމަތް ދިނުމަށް ބޭނުންވާ ފައިސާއާއި، ތަކެއްޗާއި އަދި އެކަށީގެންވާ އަދަދަށް މީހުން ހޯދަންވާނެއެވެ.

(ރ) މަސައްކަތުގެތެރޭގައި މަސައްކަތްކުރާމީހަކު ކުރާ ޢަމަލަކުން ނުވަތަ އެމީހެއްގެއިހުމާލުން ދިމާވާހުރިހާ ގެއްލުމަކަށް ބަދަލްދީ ޒިންމާވާންވާނެއެވެ.

(ބ) މަސައްކަތް ކުރުވުމަށް ގެންގުޅޭ މުވައްޒަފުންނާއި މެދު މުއާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއް ގޮތްވާ ގޮތުގެ މަތިންނެވެ.

6.އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކަމުގެލިޔުމާއިއެކު ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

 

"ޓޫރިޒަމް ޒޯނުގައި ހަޓުޢިމާރާތްކުރުން 2022

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

ނ.ވެލިދޫ ، ދިވެހިރާއްޖެ"

 

7.އަންދާސީ ހިސާބު ހުޅުވުން

(ހ) އަންދާސީ ހިސާބު ހުޅުއްވާނީ 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.

(ށ) ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

(ނ) އިވެލުއޭޝަން ކޮމިޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަށް ޑިސްކޮލިފައިކޮށް ނަތީޖާ އިޢުލާން ކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

17 އޭޕްރިލް 2022