ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ސެޕްޓެންބަރު 2014 13:34 ގައި ބާތިލް ކުރެވިފައެވެ.
ވަޒީފާގެ ފުރުޞަތު
މި އިދާރާއިން އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށް ކުރެވުނު ނަންބަރު: A-413/2014/48 އިޢުލާން ބާޠިލުކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ރޭންކް: ޖީ. އެސް 3
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
އޮފީސް / އިދާރާ: ގއ. ގެމަނަފުށީ ކައުންސިލުގެ އިދާރާ
ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ގެމަނަފުށީ ކައުންސިލުގެ އިދާރާ
މުސާރަ: 4465.00 ރުފިޔާ
ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
ބޭނުންވާ އަދަދު: 01
ތަޢުލީމާއި ތަޖުރިބާ:
1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- މުވައްޒަފުންނަށް ވަޒީފާ ދިނުމާބެހޭ ލިޔުންތަކާއި، ވަޒީފާ ވަކިކުރުމާބެހޭ ލިޔުންތައް ޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ފައިލްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
- މުވައްޒަފުންގެ ރެކޯޑު ފައިލާއި، ޗުއްޓީގެ ރެކޯޑު ބެލެހެއްޓުން.
- ކައުންސިލްގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުމާއި، ޖަލްސާތަކުގެ އެޖެންޑާ ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ޙަވާލުކޮށް ޔައުމިއްޔާތަކާއި، އެޖެންޑާތައް އަދި ކައުންސިލުން ނިންމާ ޤަރާރުފަދަ ތަކެތި ލިޔުމާއި، ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓުތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލުގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް އިދާރާގެ ވެބްސައިޓް ހުރިނަމަ ވެބްސައިޓްގައި ނުވަތަ ނޯޓިސް ބޯޑްގައި ޝާއިޢު ކުރުމާއި، އެފަދަ ނިންމުންތައް ޔުނިޓްތަކާ ޙަވާލުކުރުން.
- ކައުންސިލުގެ ޙާޒިރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލަރުންގެ ޗުއްޓީއާއި، ސަލާމުގެ ކަންތައް ބެލެހެއްޓުން.
- ރަށުގައި ހުންނަ ދައުލަތުގެ މުވައްސަސާތަކާ ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމައްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
- ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށުފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ގަވާއިދު ހަދައި ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ރަށުގައި އަމަން އަމާން އަދި ސުލްހަވެރި ވެށްޓެއް ޤާއިމު ކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ވަކިފަރާތެއް ހަމަޖެހިފައިނުވާނަމަ އެކަމާގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުން.
- ކައުންސިލް އިދާރާގެ އީމެއިލް ޗެކްކުރުމާއި، އީމެއިލްކުރަންޖެހޭ ތަކެތި އީމެއިލްކުރުން.
- ހުކުރު، ޢީދުޚުޠުބާ ޙަވާލުކުރަންޖެހޭ ފަރާތްކާ ޙަވާލުކުރުން.
- ޙަވާލުކުރެވޭ މަސައްކަތާ ގުޅިގެން ފޮނުވަންޖެހޭ ލިޔުންތައް (ސެކްޝަނުގެ ވެރިޔާ ނުވަތަ ކައުންސިލުގެ މަޝްވަރާގެމަތިން) ލިޔެ ފޮނުވައި ލޮގްކޮށް ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
- ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ޙަވާލުކޮށްފި ހިނދެއްގައި އެމަސައްކަތް ކުރުން.
- ވަޒީފާގެ މަސައްކަތާގުޅޭގޮތުން ގޮވަންޖެހޭ ގޮވުންތައް ގޮވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު އޮންނާނެ ތަނާއި ގަޑި ޝަރުޠުހަމަވާ ފަރާތްތަކަށް މިއިދާރާގެ ފަރާތުން އަންގާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް އެދި ސިވިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވާ ހުށަހަޅުއްވާނީ 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގއ. ގެމަނަފުށީ ކައުންސިލު އިދާރާއަށެވެ.
އުޖޫރައާއި އިނާޔަތް:
- ސިވިސް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ގެމަނަފުށީ ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ. )
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ )
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު )
- ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7787371 ނަންބަރު ފޯނަށެވެ.
09 ޛުލްޤަޢިދާ 1435