މަޤާމު
|
ކޮމްޕިއުޓަރ ޓެކްނީޝަން
|
ޢަދަދު
|
01 (އެކެއް)
|
ރޭންކް
|
އެމް.އެސް 1
|
މަސައްކަތްކުރަންޖެހޭތަން
|
ކްރިމިނަލް ކޯޓު
|
އަސާސީ މުސާރަ
|
-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ސަރވިސް އެލަވަންސް -/2000 (ދެހާސް ރުފިޔާ)
- ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤާވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކްރިމިނަލް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކޯޓުގެ އައިޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ބެލެހެއްޓުން.
- ކޯޓުގެ ވެބްސައިޓުގެ މެއިންޓަނަންސް މަސައްކަތް އަދި ކޮންޓެންޓް އަޕްޑޭޓް ކުރުމުގެ މަސައްކަތްކުރުން.
- ކޯޓުގެ ފަނޑިޔާރުންނާއި، މުވައްޒަފުންނަށް އައިޓީއާ ގުޅޭގޮތުން ދޭންޖެހޭ ތާޒާކުރުމުގެ އެކިއެކި ތަމްރީންތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.
- ކޯޓުގައި ބޭނުންކުރާ އިދާރީ އަދި ޝަރުޢީ ފޯމުތަކާއި ލިޔުންތަކާއި، ލީފްލެޓް އަދި ފޮތްފަދަ ތަކެތީގެ ލޭއައުޓު، ކަމާބެހޭ ސެކްޝަންތަކުން ބޭނުންވާގޮތަށް ތައްޔާރުކުރުން.
- ކޯޓުގައި ބޭނުންކުރާ އެކިއެކި ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ހައްލުކޮށްދީ ކޯޓުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުން.
- ކޯޓުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ސާރވަރ އަދި މެޝިނަރީއާއި އިކުއިޕްމަންޓްތަކަށް ދުވަހުންދުވަހަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން.
- ކޯޓުގައި ބޭނުންކުރާ މުވާސަލާތީ ތަކެއްޗާއި، ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ހަރުކުރެވިފައިވާ ކެމެރާތައް މަސައްކަތްކުރޭތޯ ޤަވާޢިދުން ޗެކްކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
- މައްސަލަތަކުގެ ޝެޑިއުލް ވެބްސައިޓްގައި ޢާންމުކުރުން.
- ކޯޓުން ނިންމާ ހުކުމްތަކުގެ ޤަޟިއްޔާ ޤަވާޢިދުން ވެބްސައިޓަށް އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
- ކޯޓުގެ ޖެމްސް، މެމްސް އަދި ސީއެމްއެސްގެ އެޑްމިނިސްޓްރޭޓަރގެ ރޯލް އަދާކޮށް އެމޮޑިއުލްތައް ބެލެހެއްޓުން.
- ކޯޓުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
- އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް ޗެކުކުރުމާއި، ސްޕީޑް ދައްވާނަމަ އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސަމާލުކަމަށް ގެނައުމާއި، މައްސަލަ ޙައްލުވަންދެން މޮނީޓަރ ކުރުން.
- ޑިޖިޓަލީ ރައްކާކުރެވިފައިވާ ރަސްމީ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
- ސޮފްޓްވެއަރ އެޅުމާއި އެހެން އިދާރާތަކާއި ގުޅުންހުރި ކޯޓުގައި ބޭނުންކުރާ ސޮފްޓްވެއަރ ބެލެހެއްޓުން.
- މިނޫންވެސް އައި.ސީ.ޓީ މަސައްކަތާ ގުޅޭގޮތުން ވެރިއަކު އަންގަވާ މަސައްކަތެއް ކުރުން.
|
ތަޢުލީމީ ދާއިރާ
|
ކޮމްޕިއުޓަރ ސައިންސް / އިންފޮމޭޝަން ޓެކްނޮލޮޖީ
|
މަސައްކަތާއި ގުޅޭ ތަޢުލީމީ ސެޓްފިކެޓް
|
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ނެޓްވަރކް މެނޭޖްމަންޓް
- އައިޓީ ސެކިއުރިޓީ
- ސޮފްޓްވެއަރ ، ހާޑްވެއަރ އިންޖީނިއަރިންގ
|
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ އާއިއެކު
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއި އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)
- ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް
- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
- ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
|
ސުންގަޑި
|
2022 އޭޕްރީލް 24 ވަނަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވަޒީފާއަށް އެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ތަޢުލީމް
|
30%
|
މަސައްކަތުގެ ތަޖުރިބާ
|
10%
|
މަސައްކަތަށް ބޭނުންވާ ހުނަރު
|
10%
|
އިންޓަރވިއު
|
50%
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
|
- ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
- ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
- އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.
|
|
- މިއިޢުލާނާއިއެކު މިކޯޓުގެ ނަންބަރު 145-A/2022/16 (15 ފެބުރުވަރީ 2022) އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
|