ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރުގައި އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމާއި ގުޅޭ
ފުވައްމުލަކު ބަނދަރުގެ އެތެރޭގައި އަޅާފައި ހުރި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު ފަޅުތެރެއިން ނެގުމަށް މިކައުންސިލްގެ ނަންބަރު (IUL)468-CMCR/468/2019/185 ، އަދި (IUL)468-CMCR/468/2019/260 (IUL)468-CMCR/468/2019/205 އިޢުލާނުން އެންގިފައި ވީނަމަވެސް އަދިވެސް ބޭނުންނުކުރާ އުޅަނދުފަހަރު ނުނަގާ ހުރިކަން ފާހަގަ ވާތީ މިވަގުތު ފުވައްމުލަކު ބަނދަރުގައި އަޅާފައިވާ ބޭނުންނުކުރާތާ ގިނަދުވަސްވީ އުޅަނދުފަހަރު 20 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ ކުރިން ބަނދަރުތެރެއިން ނެގުމަށް އާންމުކޮށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ބަނދަރުތެރެއިން ނެގުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށްގެންދާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
16 ރަމަޟާން 1443
17 އެޕްރީލް 2022