ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2014/264
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:44
ސުންގަޑި: 10 ސެޕްޓެންބަރު 2014 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މިކުންފުނީގެ ހެޑްއޮފީހުގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަނަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެކައުންޓްސް އޮފިސަރ

މަޤާމު:

03 (ތިނެއް)

ބޭނުންވާ އަދަދު:

ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަން

ޑިވިޜަން

އެކައުންޓްސް ޑިޕާޓްމަންޓް

ޑިޕާރޓްމަންޓް:

-/4650 ރ.

މުސާރަ

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނު ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން،

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، އެސް.އެސް 5 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގެ މަޤާމެއްގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ބ) އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުޠު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓް، އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިން ރަސްމީ ދުވަސްތަކުގެ ހެނދުނު  9:00 – 16:00 އަށް ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތްނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ނުވާ ޕޮލިސް ރިޕޯޓު ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް މުވަޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓު ތަކަށާއި، މަސަތްކަތުގެ ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 03 ފަރާތެކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307

ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް: [email protected]

 

08 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014