ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)240-CA/240/2022/27
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި:
28 އޭޕްރިލް 2022 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމަށް
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު 02 ( ދޭއް )
ޝަރުތު
- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް (A,B,C,D,G) އޮތް މީހަކު ކަމުގައިވުން.
- ސްކިޕަރ ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ، 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.
- މިއިދާރާގެ އެގުޒަމިނަރު ކަންކުރަމުންދާ މީހަކު ކަމުގައި ނުވުން.
- ފާއިތުވި ތިން އަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައި މީހަކު ކަމުގައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް ހުށަހަޅަންވާނެއެވެ.)
- ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
- މިއިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
އެގުޒަމިނަރުކަން ކުރާފަރާތްތަކަށް ބޭރުގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/50ރ (ފަންސާސް) ރުފިޔާ އަދި އެތެރޭގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/75ރ (ހަތްދިހަފަސް) ރުފިޔާގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 28 އޭޕްރީލް 2022 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
17 އޭޕްރިލް 2022