ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)341/341/2022/19
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 27 އޭޕްރިލް 2022 00:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. އުކުޅަހު ކޮންވެންޝަން ސެންޓަރއަށް ބޭނުންވާ ކާޕެޓް އަދި ގޮނޑިއާއި މޭޒުގައި އަޅާނެ ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 އއ. އުކުޅަހު ކޮންވެންޝަން ސެންޓަރއަށް ބޭނުންވާ ކާޕެޓް އަދި ގޮނޑިއާއި މޭޒުގައި އަޅާނެ ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

           އއ. އުކުޅަހު ކޮންވެންޝަން ސެންޓަރ އަށް ކާޕެޓް އަދި ގޮނޑިއާއި މޭޒުގައި އަޅާނެ ފޮތިބޭނުންވެއްޖެއެވެ.

           މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 25 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

           މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން މި އިދާރާއަށް ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ 27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 10:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

        17 އޭޕްރީލް 2022

17 އޭޕްރިލް 2022