ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)369-PS/369/2022/18
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި:
21 އޭޕްރިލް 2022 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުޅަނދު ފަހަރުގެ ދަފުތަރު އަދާހަމަ ކުރުން
ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ (5) ގައި ވާގޮތުގެމަތިން މިރަށުގައި ރަޖިސްޓްރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީފީ މިކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ދަފުތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި މިދަންނަވާ ލިޔުންތައް 21 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އައް އީމެއިލް ނުވަތަ 7911345 އަށް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ.
ü އުޅަނދު ރަޖިސްޓްރީ ކޮޕީ
ü އުޅަނދު ވެރިފަރާތަކީ:
- އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީ
- ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
- ސަރުކާރު އިދާރާއެއް ނަމަ އިދާރާގެ ނަންބަރ
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 އޭޕްރިލް 2022