ދިވެހިރާއްޖެ
އިޢުލާން
އުޅަނދު ފަހަރުގެ ދަފުތަރު އަދާހަމަކުރުން |
ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ (5) ގައިވާ ގޮތުގެ މަތިން މިރަށުގައި ރަޖިސްޓްރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީ ފީ މި ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ، މި ދެންނެވި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (22) އިން ބާރުލިބިގެން މި ކައުންސިލުން ބަލަހައްޓަމުންދާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ދަފުތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި މަތީގައި ދެންނެވިފައިވާ އުޅަނދުތަކާއިބެހޭ އިޢުލާންގައި ބަޔާންކުރެވިފައިވާ ލިޔުންތައް 21 އޭޕްރީލް 2022 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރު 1:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަމްބަރު 7640041 ނަމަބަރަށް ވައިބަރ ކުރެއްވުމަށް ދެންންނެވީމެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/97PaiK5w6CgCmmZE7
- އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީ
- އުޅަނދުގެ ވެރިފަރާތަކީ:
- އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ ކޮޕީ
- ކުފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
- ސަރުކާރުގެ އިދާރާއެއް ނަމަ އިދާރާގެ ނަމްބަރު
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ރަމާޟާން 1443
17 އޭޕްރީލް 2022