ކުއްޔަށް ދިނުން
                	
                ނަންބަރު: (IUL)376/376/2022/17
                    ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2022
                    ޕަބްލިޝްކުރި ގަޑި:  11:13
                                            ސުންގަޑި: 
                            24 އެޕްރީލް 2022 11:00
                        
                    
                ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައުންސިލް ބެލުމުގެ ދަށުގައިހުރި ރުއްގަނޑުތައް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާއި ގުޅޭ.
                                މިކައުންސިލްގެ ބެލުމުގައި ހުރި ރުއްގަނޑު ތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ރުއްގަނޑުތައް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
1) އިޖުތިމާއީ ސަރަހައްދުގައި ހުރި ފޯދުނު 17 ރުއް
2) ކުޅިވަރު ސަރަހައްދުގައި ހުރި ފޯދުނު 4 ރުއް
3) ބަނދަރު ސަރަހައްދުގައި ހުރި ފޯދުނު 22 ރުއް
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 އޭޕްރީލް 2022 ވަނަދުވަހުގެ ހެނދުނު 11:00 ގެ ކުރިން ކުއްޔަށް ހިފަންބޭނުންވާ ރުއްގަނޑާއި އަގު އެގޭނޭ ގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށަހަޅާ ސިޓީތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި މަތީގައި ދެންނެވިފައިވާ ތާރީޚާއި ގަޑީގައެވެ.
ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.
                17 އެޕްރީލް 2022