ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2022/152
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 27 އޭޕްރިލް 2022 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-327852

ބޭނުންވާ އަދަދު:

1    

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ / ކ. މާލެ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ %35
  • ސަޕޯރޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ޤަވާއިދާ އެއްގޮތަށް އޮފީހުގެ ދިދަ ނަގާ ތިރި ކުރުވުމާއި ، އޮފީހުގެ މަސައްކަތައް ދަތިނުވާނެ ގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުމާއި ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އޮފީހުގެ މައިތަޅުދަނޑި ވެލާނާގޭން ނަގާ ގެންދިއުމުގެ ކަންތައްތައް ހިނގާނުހިގާގޮތް ބަލައި އޮފީހުގެ އެތެރެ ދޮރުތަކުގެ ތަޅުދަޑިތައް ރައްކާތެރިކަމާއި އެކު ބަލަހައްޓާ ތަޅުދަޑިތަކުގެ ރެކޯޑު މޮނިޓަރކޮށް ބެލެހެއްޓެވުން
  2. އީ-ގަވަރމަންޓް ނިޒާމްގެ ތެރެއިންނާއި އަދި އެނޫން ގޮތްގޮތުން އޮފީހަށް ލިބޭ ލިޔެކިއުންތައް ބަލައިގަނެ އެތަކެތި އެންޓްރީ ކުރުވުމާއި އެތަކެތި ޤަވައިދުން ބެލެހެއްޓުމާއި ލިޔެކިއުންތައް ފޮނުވަންޖެހޭ ޑިޕަރޓްމަންޓް، ސެކްޝަން،އަދި ޔުނިޓްތަކަށް ހަވާލުކުރުމާއި އަދި އެޑްމިން ސެކްޝަނުން ޖަވާބުދޭންޖެހޭ ލިޔެކިއުންތަކަށް ކޯޕަރޭޓް ޑިޕާރޓްމަންޓުގެ ލަފާގެމަތިން ޖަވާބު ދިނުން
  3. ޑިސްޕެޗް ކުރަންޖެހޭ މިނިސްޓްރީގެ ލިޔެކިޔުންތައް، އެމަސައްކަތްކުރުމަށް ޙަވާލުވެތިބި މުވައްޒަފުން ޑިސްޕެޗް ކުރޭތޯބަލާ ބަލައި އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެމަސައްކަތްތައް އިސްވެ ރާވާހިންގުން. އަދި މާސްޓަރ ފައިލްތަކުގެ ރެކޯޑު ބަލަހައްޓާ ފައިލްކުރުމުގެ މަސައްކަތްތައް އިސްވެ ރާވާ ބެލެހެއްޓުން
  4. އޮފީހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ޔައުމިއްޔާ ދުވަހުންދުވަހަށް ލިޔެ ވެރިންލައްވާ ސޮއިކުރުވާ، އޮފީހުގެ އަހަރު ރިޕޯރޓް އަދި ދާއިރާގެ އޮފީސްތަކުގެ އަހަރު ރިޕޯރޓް ކަނޑައެޅިފައިވާ ތާރީޚްގައި ކަމާބެހޭ ފަރާތްތަކަށް ލިޔެ ފޮނުވުމާއި ޢަމަލުކުރަންޖެހޭ ސަރުކާރުގެ އެންގުންތަކާއި، ޤަވާއިދުތައް އަދި އާއްމު އެންގުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އޭގެ ރިކޯޑްސް ބެލެހެއްޓުން
  5. މިނިސްޓްރީން އެކި އޮފީސްތަކާއި އެނޫންތަންތަނަން ހަވާލުކުރަންޖެހޭ ލިޔެކިއުން އަދި އެނޫންތަކެތި ޤަވައިދުން ހަވާލުކުރުވުމާއި އެތަކެތީގެ ރިކޯޑް ބެލެހެއްޓުން.
  6. ޔުނިޓުގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރު ކުރުމާއި، ޕާފޯމެންސް އެޕްރައިސަލް އާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުމާއި އެކު ޔުނިޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު ގަވާއިދުން އަދާ ކުރަމުން ދޭތޯ ބަލާ ކަށަވަރު ކުރުމާއި ކުރެވޭ މަސައްކަތުގެ ދުވަހު ރިކޯރޑްތައް ލިޔޭތޯ ބެލުމާއި ގަވާޢިދުން މަސައްކަތް ނުކުރާ މުވައްޒަފުންނާއިމެދު ސިވިލްސަރވިސް ގަވާއިދާ ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  7. އައުޓްސޯސްކޮށްގެން ހޯދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މިނިސްޓްރީ އާއި ގޯޑައުން އިމާރާތުގެ ފަޔަރ އެލާމް ސިސްޓަމް، އެއަރކޯނު ސިސްޓަމް،ލިފްޓް،ސަރވިސް،އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން،އޮފީސް ފޮޅާސާފުކުރުން ކޮންޓްރެކްޓް އެގުރިމެންޓާއި އެއްގޮތަށް މަސައްކަތް ކުރަމުންދޭތޯ ގަވައިދުން ބެލެހެއްޓުމާއި އެގުރިމެންޓާއި ގުޅިގެން ކޮންޓެކްޓަރަށް ލިބެންޖެހޭ ފައިސާ ބަރާބަރަށް ލިބެމުންދޭތޯ ބެލުން އަދި ކޮންޓްރެކްޓް އެގުރިމެންޓާއި އެއްގޮތަށް މަސައްކަތް ނުހިގާނަމަ އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.
  8. މިނިސްޓަރ،ސްޓޭޓް މިނިސްޓަރ އަދި ޕާރމަނަންޓް ސެކްރެޓެރީގެ ދަތުރު ފުޅުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ލޮޖިސްޓިކް ޔުނިޓާއި ޕްރޮކިއުމަންޓް ސެކްޝަން އާއި ގުޅިގެން ހިންގާ މެނޭޖްކޮށް ބެލެހެއްޓުން.
  9. އޮފީހަށް ވަޑައިގަންނަވާ އެކި އެކި ޑެލިގޭޝަންތަކަށް ދޭންޖެހޭ އެހީތެރި ކަމާއި އެއްބާރުލުން ދިނުމާއިއެކު އޮފީހުގަ ބޭއްވޭ އެކި އެކި މީޓިންގ ތަކަށް ފޯރުކޮށްދޭންޖެހޭ ފެނާއި ކޮފީގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެހާ އިންތިޒާމުތައް ރާވާ ހިންގާ އެކަން ހިނގާ ނުހިގާގޮތް ބަލާ މޮނިޓަރކުރުން
  10. މިނިސްޓްރީގެ ދުވަސްވީ ލިޔެކިއުންތައް ގަވާއިދުން ބެލެހެއްޓުމާއި ނަންތާލަންޖެހޭ ލިޔެކިއުންތައް ލޮޖިސްޓްކްސް ސެކްޝަނައި ގުޅިގެން ނަންތާލުމާއި މިނިސްޓްރީގެ ލައިބުރަރީ މެނޭޖުކޮށް ބެލެހެއްޓުން
  11. ޑިރެކްޓަރ ޖެނެރަލް އަދި ނައިބުން ފެށިގެން ދަށުގެ މަގާމުތަކުގެ ތިއްބަވާ މުވައްޒަފުންގެ ތެރެއިން ކޮޓަރި ހަމަޖެހިފައިވާ ބޭފުޅުންގެ ރޫމުތަކަށް ބޭނުންވާ ތަކެތި ބަރާ ބަރަށް ހުރޭތޯ ބެލުމާއި ތަކެތި ނެތްނަމަ ބޭނުންވާ ތަކެތި ރޫމުތަކަށްލައި އެކަން ހިނގާ ނުހިގާގޮތް ބަލާ މޮނިޓަރ ކުރުން
  12. އޮފީހުގެ ދުވަސްވީ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުމާއި އަދި އޮފީހުގެ ލައިބްރަރީގެ ފޮތްތައް ބެލެހެއްޓުވުމާއި އެތަކެތީގެ ރިކޯޑްސް ބެލެހެއްޓުމާއި އޮފީހުގެ ފަރާތުން ބާއްވާ އެކި އެކި ރަސްމިއްޔާތުތައް ތައްޔާރު ކުރުވުމާއި އެކަންކަމަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
  13. އޮފީސް ހިންގުމަށް ބޭނުންވާ ރިކަރެންޓް ބަޖެޓަކީ ކޮބައިތޯ ބަލައި އެއް އަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ބަޖެޓް ހަދާ ފައިނޭންސް ސެކްޝަނަން ފޮނުވައި ބަޖެޓް ލިބުމުން ޕްރޮކިއުމަންޓް ޕްލޭންތައްޔާރުކޮށް ޕްރޮކިއުމަންޓަށް ފޮނުވުން.
  14. އޮފީހުގެ މަސައްކަތައް ދަތި ނުވާނެހެން މީޓިންގ ރޫމްތަކުގެ ހުންނަންޖެހޭ ތަކެތި ބަރާބަރަށް ހުރޭތޯ ދުވަހުން ދުވަހަށް ބަލާ ޗެކުކުރުވުމާއި މީޓިންގ ރޫމުގެ ޝެޑިއުލް ހަދާ މީޓިންގ ރޫމުތައް ސާފުކޮށް ތަރުތީބުކޮށް ބެލެހެއްޓުން.
  15. ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ޖަވާބުދާރީ ވާންޖެހޭ ލިޔެކިއުންތައް ބިއުރޯގެ މަސައްކަތުގައި ތިއްބަވާ މުވައްޒަފުން މެދުވެރިކޮށް ތައްޔާރު ކުރުވުމާއި ދޭންޖެހޭ އެހީތެރިކަން ދިނުމާއި އެފަދަ ކަންތައްތަކުގެ ރެކޯޑްސް ބެލެހެއްޓުން.
  16. މިނިސްޓަރ،ސްޓޭޓް މިނިސްޓަރ އަދި ނައިބުން ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެވޭނެ އިންތިޒާމުތައް ހަމަޖައްސާ ޤަވައިދުން ޔައުމިއްޔާ ލިޔެ ރިކޯރޑް ބެލެހެއްޓެވުން.
  17. އޮފީސް ހިނގަމުންދާ ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތާއި އަދި އެން.ސީ.އައި.ޓީ ޢިމާރާތުގެ އާއްމުސާފުތާހިރުކަން ބެލެހެއްޓެވުމާއި ޢިމާރާތުގެ ސެކިއުރިޓީ، ފަޔަރ އެލާމް ސިސްޓަމް ސަރވިސްކޮށް ބެލެހެއްޓެވުމާއި އެއަރކޮށްޑިޝަންތައް ސަރވިސްކޮށް ބެލެހެއްޓެވުމާއި ކަރަންޓް ނެޓު ވޯކާއި ފެނުގެ ނެޓުވޯކަށް ދިމާވާ މައްސަލަތައް ލޮޖިސްޓިކްސް ސެކްސަނާއި ގުޅައިގެން ޙައްލުކުރުން.
  18. އޮފީސް ހިނގަމުންދާ ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތާއި އެން.ސީ.އައި.ޓީ ބައު އިމާރާތުގެ އާއްމުސާފުތާހިރުކަން ބެލެހެއްޓެވުމާއި ޢިމާރާތްތަކުގެ ސެކިއުރިޓީ، ފަޔަރ އެލާމް ސިސްޓަމް، އެއަރކޮށްޑިޝަން ސިސްޓަމް، ކަރަންޓް ނެޓު ވޯކާއި ފެނުގެ ނެޓުވޯކްސް ބެލެހެއްޓުން.
  19. ގްރީންބިލްޑިންގ އިމާރާތް، ގޯޑައުން އިމާރާތް، އެން.ސީ.އައި.ޓީ ބައު އިމާރަތް އަދި އެއްގަމު އުޅަދާއި ކަނޑު އުޅަދުތަކުގެ އިންސުއަރެންސް އެއް އަހަރުން އަނެއް އަހަރަށް އައުކޮށް ފީދެއްކުމާއި ރޯޑްވާދިނަސް ހަދަންޖެހޭ އެއްގަމު އުޅަދު ތަކުގެ ރޯޑުވާ ދިނަސް ހެއްދުމާއި،ސަލާމަތީ ހައްދަން ޖެހޭ އުޅަދު ތަކުގެ ސަލާމަތީހެއްދުމާއި ދައްކަންޖެހޭ އެންމެހާ އަހަރީ ފީތައް ޖޫރިމަނާ ވިޔަ ނުދީ ދެއްކުމުގެ މަސައްކަތް ކޮށް އެކަން ހިނގާ ނުހިގާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
  20. އޮފީހުގެ މީޓީންގ ރޫމްތައް ބެލެހެއްޓެވުމާއި އެކި އެކި މުނާސަބަތު ތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ މީޓިންތައް ތައްޔާރުކުރުމާއި އެކިއެކި ކަންކަމުގައި މިނިސްޓްރީއަށް ވަޑައިގަންނަވާ ބޭފުޅުން ރިސީވް ކުރުމުގެ އެންމެހާ ކަންކަން ކުރުވުން.
  21. މިނިސްޓްރީގެ މުވައްޒަފުން ކުރާ ރަސްމީ ދަތުރު ތަކުގެ ރިޕޯޓްތައް ގަވާޢިދުން ލިބޭތޯ ބަލާ ޗެކުކުރުމާއި ރިޕޯރޓް ނުލިބޭނަމަ ރިޕޯރޓު ހޯދުމަށް މަސައްކަތް ކުރުމާއި ލިބޭ ރިޕޯރޓްތައް ޤަވައިދުން ފައިލް ކުރުން.
  22. ޑިޕްލޮމެޓިކް ޕާސްޕޯރޓް ހަދައިދޭންޖެހޭ މުވައްޒަފުންނަން ޑިޕލޮމެޓިކް ޕާސްޕޯރޓް ހަދާ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިނިސްޓްރީގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ރާއްޖޭން ބޭރުމުވައްޒަފުންގެ ވޯރކްވިސާ،ޕާސްޕޯރޓް،ވޯރކްޕާމިޓުގެ އެންމެހާ މަސައްކަތްތައް ކޮށް ދައްކަންޖެހޭ ފީތައް ދެއްކުން.
  23. ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކުރުމާއި މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލްގެ އެންމެހާ މަސައްކަތްތައްކޮށް ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތްތަކުގެ ލޮގު މުވައްޒަފުން ލިޔަމުންދޭތޯ ބަލާ މޮނިޓަރ ކުރުން.     
  24. ޖެނެރަލް އެޑްމިން ޔުނިޓުން ކުރެވޭ މަސައްކަތްތަކުގެ އަޕްޑޭޓް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި އަހަރީ ރިޕޯރޓަށް ބޭނުންވާ މައުލޫމާތު އެކަމަށް ހަމަޖެހިފައި އޮންނަ މުއްދަތުގައި އެޑްމިން ސެކްޝަނަން ފޯރުކޮށްދިނުން.  
  25. މިނިސްޓްރީގެ ރިސެޕްޝަނުން ދޭންޖެހޭ ޚިދުމަތްތައް ޤަވާއިދުން ފޯރުކޮށް ދިނުމާއި ކައުންޓަރަށް ބޭރުން އަންނަ ފޯނުކޯލްތަކަށް ޤަވާޢިދުން ޖަވާބުދެވެމުންދޭތޯ ބެލުމާއި، ކައުންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއި، މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތު ފެންވަރު މޮނިޓަރކުރުމާއި، މަސައްކަތުގެ ފެންވަރާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، ގަވާޢިދުން އަޅަމުންދިއުން.
  26. އަލަށް ވަޒީފާދޭ މުވައްޒަފުންނާއި ޕްރޮޖެކްޓްތަކަށް ވަންނަ މުވައްޒަފުންނާއި ވޮލަންޓިއަރކޮށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހަމަ ޖެއްސުމަށް ލޮޖިސްޓިކް ޔުނިޓުން ކުރަމުންދާ މަސައްކަތައް ދޭންޖެހޭ އެންމެހޭ އެހީތެރިކަމާއި އެއްބާރުން ދިނުން.
  27. މީގެ އިތުރުން މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.

     

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ތަޢުލީމީ ރޮނގު(ތައް):

 

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ކޯ ޑިސިޕްލިން(ތައް):

  • ނެތް

 

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛   
    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ   
    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޭޕްރީލް 2022 ގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 28 އޭޕްރީލް 2022 އާއި 26 މޭ 2022 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327،3018329 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

17 އޭޕްރިލް 2022