ދިވެހިރާއްޖެ
މި އިދާރާއިންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ހއ.ހޯރަފުށީ މަސްޖިދުއް ސިއްދީޤް މިސްކިތުގެ އިމާރާތުގައި ހުރި ލަކުޑި ދޮރުތަކާއި ދޮރުފަތްތަށް ނަގައި، އެލްމިނިއަމް ދޮރާއި ދޮރުފަތްޖަހާ ހަރުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން |
19 އެޕްރީލް 2022 |
އަންގާރަ |
11:00 (ހެނދުނު) |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން |
24 އެޕްރީލް 2022 |
އާދިއްތަ |
11:00 (ހެނދުނު) |
މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. ހއ.ހޯރަފުށީ މަސްޖިދުއް ސިއްދީޤް މިސްކިތުގެ އިމާރާތުގައި ހުރި ލަކުޑި ދޮރުތަކާއި ދޮރުފަތްތަށް ނަގައި، އެލްމިނިއަމް ދޮރާއި ދޮރުފަތްޖަހާ ހަރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.