ބީލަން
ނަންބަރު: (IUL)425-A2/1/2022/122
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 24 އޭޕްރިލް 2022 12:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެސިޓީ ކައުންސިލްގެ ދަށުން ބަލަހައްޓަމުންގެންދާ މާލެ/ހުޅުމާލެ/ވިލިމާލެ ސަހަރާތައް ސާފުކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

މާލެސިޓީ ކައުންސިލްގެ ދަށުން ބަލަހައްޓަމުންގެންދާ މާލެ/ހުޅުމާލެ/ވިލިމާލެ ސަހަރާތައް ސާފުކުރުމުގެ މަސައްކަތް މޮނިޓަރކޮށް ސާފުކޮށް ބެލެހެއްޓޭތޯ އަދި އެއްވެސް އިތުރު މައްސަލައެއް ސަހަރާތަކަށް ދިމާވޭތޯ ބަލައި ދުވަހުން ދުވަހަށް މި ކައުންސިލަށް ރިޕޯޓުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން (ޢާއްމު ފަރުދުންނާއި ޕާޓްނާޝިޕް، ކުންފުނިތައް) މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

19އެޕްރީލް 2022

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

24 އެޕްރީލް 2022

12:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

  • ނޯޓް: އަގު ހުށަހެޅުމުގައި އާއްމު ފަރުދުންނާއި، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ.
  • އިތުރު މަޢުލޫމާތު: 

-  މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

16 އޭޕްރިލް 2022