މަސައްކަތް
ނަންބަރު: (IUL)222-F/INDIV/2022/37
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 25 އޭޕްރިލް 2022 11:30
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ހއ.އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ އެކޮމަޑޭޝަން ބްލޮކަށް ބޭނުންވާ ތަކެތި (ފަރްނީޗަރ އަދި އިލެކްޓްރޯނިކް) ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

     ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ އެކޮމަޑޭޝަން ބްލޮކަށް ބޭނުންވާ ތަކެތި (ފަރްނީޗަރ އަދި އިލެކްޓްރޯނިކް) ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)222-F/INDIV/2022/23 (01 މާރިޗު 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ އެ އިޢުލާން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

     ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

25 އެޕްރީލް 2022 (ހޯމަ)

11:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު (ހއ.އުތީމު)

ބީލަން ހުށައެޅުން

10 މޭ 2022 (އަންގާރަ)

11:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު (ހއ.އުތީމު)

 
     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޭޕްރިލް 2022