ދެންނެވުން
ނަންބަރު: MBA/IUL/2022/02
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 02:58
ސުންގަޑި: 18 އޭޕްރިލް 2022 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ސީނިއަރ އަންހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުން

މިއެސޯސިއޭޝަންގެ ސީނިއަރ އަންހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުމަށްޓަކައި ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި ޓްރައި-އައުޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

18 އޭޕްރިލް 2022 (ހޯމަ)

23:15 ން 01:15 އަށް

ޔޫތް ސެންޓަރ އިންޑޯރ ކޯޓް

20 އޭޕްރިލް 2022 (ބުދަ)

23:15 ން 01:15 އަށް

ޔޫތް ސެންޓަރ އިންޑޯރ ކޯޓް

22 އޭޕްރިލް 2022 (ހުކުރު)

21:00 ން 23:00 އަށް

ޔޫތް ސެންޓަރ އިންޑޯރ ކޯޓް

 

ވީމާ، މި ޓްރައި-އައުޓް ތަކުގައި ބައިވެރުވުމަށް ބޭނުންވެލައްވާ ކުޅުންތެރިން އެކުޅުންތެރިއެއްގެ ފުރިހަމަ ނަމާއި އުފަން ތާރީޚާއި ގުޅޭނެ ފޯން ނަންބަރު އަދި އައި.ޑީ ކާޑް ނަންބަރު އެނގޭނޭ ގޮތައް 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނުގެ އީމެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ.

16 އޭޕްރިލް 2022