މަސައްކަތް
ނަންބަރު: FSM-ADV/2022/020
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 18 އޭޕްރިލް 2022 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

     ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ މަޢުލޫމާތާ އެއްގޮތަށް، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މައި އޮފީސް، އެފް އެސް އެމް ބިލްޑިންގ 5 ވަނަ ފަންގިފިލާގެ A ބުލޮކުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ރެޖިސްޓްރޭޝަން: 18 އެޕްރީލު 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރ

ބީލަމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެއެވެ.

  • ޕްރީބިޑް މީޓިންގް: ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައި ވަނީ 19 އެޕްރީލު 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި ތިރީގައިވާ އެޑުރެހުގައެވެ. މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު މި މީޓިންގްގައި ދެވޭނެއެވެ.
  • ބީލަން ހުށަހެޅުން: ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ، 26 އެޕްރީލު 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި ތިރީގައިވާ އެޑުރެހުގައެވެ.

6 ވަނަ ފަންގިފިލާ

އެފް އެސް އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ   

14 އޭޕްރިލް 2022