ކުއްޔަށް ދިނުން
ނަންބަރު: 420/2014/40
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 16 ސެޕްޓެންބަރު 2014 14:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ޗާނދަނީމަގާއި، އިތުބާރުމަގާ ދެމެދު އަތިރިމަތީގައިހުރި ރުއްތައް ކުއްޔަށް ދޫކުރުމާބެހޭ

ގދ. ރަތަފަންދޫ ޗާނދަނީމަގާއި، އިތުބާރުމަގާ ދެމެދު އަތިރިމަތީގައިހުރި 111 ނަންބަރު ޖަހާފައިވާ ރައްޔިތުންގެ 28 ފޯދުނު ދިވެހިރުއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ގދ. ރަތަފަންދޫ ކައުންސިލުގެ 2014 ވަނަ އަހަރުގެ 20 ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާޤުން ފާސްކޮށް ނިންމާފައިވާތީ، މިރުއްތައް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މި 28 ރުއް ކުއްޔަށް ދޫކުރުމަށްޓަކައި ފެށޭ އަގަކީ 280.00 ރުފިޔާއެވެ. އަދި، މިރުއްތައް ކުއްޔަށް ނަންގަވާ ފަރާތަކުން މިރުއްތައް ހިމެނޭ ސަރަޙައްދުގެ ރުކުން ފެށިގެން ރުކުގެ 2 ފަރާތުން 10 ފޫޓު ދުރުމިނަށް ސާފުކޮށް ބަލަހައްޓަންޖެހޭނެކަމަށްވެސް ކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، މިރުއްތައް ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ބީލަން ހުށަހެޅުއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ޛުލްޤަޢިދާ 1435

02 ސެޕްޓެންބަރު 2014