ކުއްޔަށް ދިނުން
ނަންބަރު: 116-F3/IL/2022/48A
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 31 މޭ 2022 11:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލް އިމާރާތުގައި "ކާރގޯ އޮފީސް" ހިންގަން ޖާގަ ދޫކުރުމާއިބެހޭގޮތުން ކުރި އިޢުލާންގެ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލް އިމާރާތުގައި "ކާރގޯ އޮފީސް"ހިންގަން ޖާގަ ދޫކުރުމާއިބެހޭގޮތުން ކުރި އިޢުލާންގެ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ

 

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި އަލަށް އިމާރާތްކޮށްފައިވާ ކާރގޯ ޓާރމިނަލް އިމާރާތުގައި، "ކާރގޯ އޮފީސް" ހަދައި ހިންގާނެ ފަރާތްތަކެއް ހޯދައި، އެފަރާތްތަކަށް އެތަންތަން ހިންގުމުގެ ލައިސަންސް ދިނުމާއި ބެހޭގޮތުން ކުރި  ނަންބަރު:116-F3/IL/2022/48  އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

      މިބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް ގިނަފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން  (EOI)ފާޅުކުރަމުންދާތީ ރަޖިސްޓްރީވުމުގެ މުއްދަތު 2022 މޭ 31 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

      އެގޮތުން، މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ތިރީގައި ބަޔާންކުރެވިފައިވާ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެއެވެ.

 

ހ

އިންޓަރނޭޝަނަލް އެއަރލައިންއެއްގެ ކާރގޯ ސޭލްސް އެޖެންޓްއެއްގެ ގޮތުގައި ސީ.އޭ.އޭގައި ރަޖިސްޓްރީވެފައިވާ ފަރާތެއް

Cargo Sales Agents (CSA) of International Airlines registered in the Maldives Civil Aviation Authority (CAA)

ށ

މޯލްޑިވްސް ކަސްޓަމްސްގެ ސާރވިސްގައި ކަސްޓަމްސް ބްރޯކަރ/އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކާރގޯ ބްރޯކަރުން/އެޖެންޓުން

Cargo Brokers/Agents licensed as a Customs Broker/Agent in the Maldives Customs Service

 

      އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 މޭ 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖޫން 22 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އެގޮތުން، ކުއްޔަށް ހިފަންބޭނުންވާ ކޮންމެ އޮފީސް ޖާގައަކަށް MVR 15,000 (ފަނަރަހާސް ރުފިޔާ)ގެ ބިޑު ސެކިޔުރިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 22 ވާ ބުދަ ދުވަހުގެ ހެނދުނު 11:30، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

14 އޭޕްރިލް 2022