ތަމްރީނު
ނަންބަރު: 171-WPM/IUL/2022/28
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 22 އޭޕްރިލް 2022 00:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން

ތަޢުލީމާޢި ތަމްރީނު އުނގެނުމުގެ ފުރުޞަތު
ސަމާލުކަމަށް: މި ޚިދުމަތުން 2022 އޭޕްރީލް 10 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ނަންބަރު: 25 ވަނަ އިޢުލާނުގެ މުއްދަތު އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ބަޔާންކޮށްފައިވާ އިޢުލާނާއި ގުޅިގެން ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް، މި އިޢުލާނާއި ގުޅިގެން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.
ކޯހުގެ ނަން: ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން
ކޯސް ހިންގާ ފަރާތާއި ޤައުމު: ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް / ދިވެހިރާއްޖެ
ކޯސް އެވޯރޑް ކުރާ ފަރާތް: ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
ކޯހުގެ މުއްދަތު: 12 މަސް
ކޯސްފީ: - މަހަކު -/2,000
      - ޖުމުލަ: -/24,000
ޖާގައިގެ އަދަދު: 10
ކޯސް ހިންގޭ ތަން: ކ.މާލެ
ކޯސް ފެށޭ ތާރީޚް: އޯގަސްޓް 2022
ޝަރުތު:  
-  ޖީ.ސީ.އީ އޭ ލެވެލް ފުރިހަމަކޮށްފައިވުން؛ ނުވަތަ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެހެން ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން؛ ނުވަތަ 20 އަހަރު ފުރި، ގްރޭޑް 10 ނިންމައި، ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
ނޯޓް: މި ކޯހުގެ ޝަރުތުތަކުގެ ތެރެއިން ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވުން ފިޔަވާ އެހެން ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، ޑިޕްލޮމާ ކޯސް ފެށުމުގެ ކުރިން ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ފަރާތުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޯސް މޮޑިއުލްތައް:

ކޯ މޮޑިއުލްސް

- އިންޓްރޮޑަކްޝަން ޓު އެކަޑަމިކް ރައިޓީންގ
- އިންޓްރޮޑަކްޝަން ޓު ފޮރެންސިކް ސައިންސް
- ކްރައިމް ސީން އިންވެސްޓިގޭޝަން
- ފޮރެންސިކް އިންސްޓްރުމަންޓޭޝަން
- ފޮޓޯގްރަފީ
- ލީގަލް ސްޓަޑީސް

އިލެކްޓިވް މޮޑިއުލްސް

- ފިންގަރ ޕްރިންޓް ސައިންސް
- ފޮރެންސިކް ޖެނެޓިކްސް
- ފޮރެންސިކް ކެމިސްޓްރީ
- އެގްޒެމިނޭޝަން އޮފް ކުއެއްޝަންޑް ޑޮކިއުމެންޓްސް
- ޓްރޭސް އެވިޑެންސް
- ޑިޖިޓަލް އެވިޑެންސް ޕްރޮސެސިން ފޮރ ފަސްޓް ރެސްޕޮންޑަރ

 ހުށަހަޅަންޖެހޭ ލިޔެކިއުންތައް: 

- ފުރިހަމަކޮށްފައިވާ ކޯސް އެޕްލިކޭޝަން ފޯމް،
-  މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
-  ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ތަޖްރިބާ އެނގޭނެ ލިޔުން (އެކްސްޕީރިއެންސް/ރެފްރީ ލެޓާ)،
-  އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު)،
-  01 ޕާސްޕޯޓް ސައިޒް ފޮޓޯ (އެޕްލިކޭޝަން ފޯމުގައި ހަރުކުރެވިފައި)
 
އިތުރު މަޢުލޫމާތު: ކޯސް އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 7903374 އަށް ހެނދުނު 09:00 ން 13:00 އާއި ދެމެދު ގުޅުއްވުން އެދެމެވެ.
 
ސުންގަޑި: މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން 2022 އޭޕްރިލް 22 ވަނަ ދުވަހުގެ 00:00 ގެ ކުރިން ކޯސް އެޕްލިކޭޝަން ފޯމާއި، ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިއުންތަކާއެކު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އީ-މެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.
  

13  ރަމަޟާން  1443

14 އޭޕްރިލް 2022