ދިވެހިރާއްޖެ
މަޤާމު : މަސައްކަތު
އޮފީސް / އިދާރާ: ނ.ވެލިދޫ ކައުންސިލްގެ އިދާރާ
ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
މަސައްކަތްކުރަންޖެހޭ ތަން: ނ ވެލިދޫ ނަހްޒާ ޕްރީސްކޫލް
މުސާރާ: -/3000
ބޭނުންވާ އަދަދު : 01
1. މަޤާމުގެ ޝަރުޠުތައް :
1. ލިޔަންކިޔަން، ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން
2. މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ހެނދުނު 8:00 ގެ ކުރިން މަދުވެގެން 1 (އެކެއް) ފަހަރު ސްކޫލުގެ ދެމަގުމަތި ކުނިކެހުން އަދި ކްލާސްތެރެ ކުނިކަހައި މޮޕްކޮށް ކުދިންގެ ފާޚާނާ ސާފުކުރުން.
- ކޮންމެ ދުވަހަކު 1 (އެކެއް) ފަހަރު ސްކޫލުގެ ގޯތިތެރެ ކުނިކަހައި ކުނި އުކާލުން.
- ކޮންމެ ދުވަހަކު 1 (އެކެއް) ފަހަރު އޮފީސްތެރެ ކުނިކަހައި މޮޕުކޮށް އޮފީސް ފާޚާނާ ސާފުކުރުން.
- ހަފްތާއަކު 1 (އެކެއް) ފަހަރު ކްލާސްތަކާއި އޮފީސް ފޮޅައި ސާފުކުރުން.
- ހަފްތާއަކު 3 (ތިނެއް) ދުވަހު (އަންގާރަ، ބުދަ، ބުރާސްފަތި) ވެލިކުޅޭ ސަރަހައްދު ކުނިކަހައި ފެންޖެހުން އަދި ފަންކާތަކާއި ބިއްލޫރިތައް ފުހުން.
- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގައި މުވައްޒަފުންނަށް އެހީތެރިވުން.
- މަސައްކަތުގައި ދުވާލަކު ޖުމްލަ 7 (ހަތެއް) ގަޑިއިރު ހޭދަކުރުން.
- ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ނަހުޒާ ޤުރުޢާން ކްލާހުގެ މަގުމައްޗާއި ގޯތިތެރެ ކުނިކެހުން.
- ސްކޫލް ހިންގާ ފަރާތުން އަންގާ ގޮތަކަށް ސްކޫލުގެ ކަންކަން ކުރެއްވުން.
- ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ނަހުޒާ ޤުރުއާން ކްލާސްތެރެ ކުނިކަހައި މޮޕްކޮށް ފާޚާނާ ސާފުކުރުން.
- ނަހުޒާ ޕްރީސްކޫލާއި ނަހުޒާ ޤުރުއާން ކްލާހުގެ ލިޔެކިޔުންތައް ހަވާލުކުރުން.
- މަސައްކަތަށް ހޯދަން ބޭނުންވާ ތަކެތި ކޮންމެ ހަފްތާއަކު އިދާރީ މުވައްޒަފަށް އެންގުން.
- ސްކޫލް ހިންގާ ފަރާތާއި މަޝްވަރާ ކޮށްގެން ނޫނީ މުޙިއްމު މައްސަލަތަކުގައި ގޮތެއް ނުނިންމުން.
- މިނޫނަސް ވަޒީފާއާ ގުޅޭގޮތުން ސްކޫލުން ނުވަތަ ޤުރުއާން ކްލާހުން އަންގާ ކަންކަން ކުރުން.
3. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :
- ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖުރިބާ
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހުން.
4. އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 ސެޕްޓެންބަރު މަހުގެ މެދުތެރޭގެ ތާރީޚެއްގައި ވެލިދޫ ކައުންސިލް އިދާރާގައެވެ.
5. މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި :
ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3.00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށައަޅަންޖެހޭ ލިޔުންތައް :
1. ފުރިހަމަ ކޮށްފައިވާ (އެޕްލިކޭޝަން ފޯމު ރަސްމީގަޑީގައި ވެލިދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓު ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6560010) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6560030) އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.
09 ޛުލްޤަޢިދާ 1435