ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ އައި.ޓީ އިންފްރާސްޓްރަކްޗަރ އާއި ގަވަރމަންޓް ނެޓްވަރކް އޮފް މޯލްޑިވްސް (ޖީ.އެން.އެމް) ގެ ސެކިއުރިޓީ އޯޑިޓްގެ މަސައްކަތް ކުރާނެ ކޮންސަލްޓްންޓެއް ބޭނުންވެއްޖެ އެވެ.
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަސައްކަތުގެ މުއްދަތު: |
1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ) |
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.) |
އުޖޫރަ: |
މަހަކު -/30،000 |
ފެންވަރު/ޝަރުޠު |
މީގެ އިތުރުން މި މަޤާމަށް މީހުން ހޮވުމުގައި ސިސްކޯ ސަރޓިފައިޑް ނެޓްވަރކް އެސޯސިއޭޓް (ސީ.ސީ.އެން.އޭ) އާއި މައިކްރޮސޮފްޓް ސަރޓިފައިޑް ސޮލިއުޝަންސް އެކްސްޕަރޓް (އެމް.ސީ.އެސް.އީ) ހަދާފައިވާ ފަރާތްތަކަށާއި ވަރޗުއަލައިޒޭޝަން ޓެކްނޯލޮޖީސް އާއި ޖުނިޕަރ އަދި ސިސްކޯ ޑިވައިސަސް އަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. (މި މަސަތްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.) |
މައިގަނޑު މަސައްކަތްތައް: |
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް: |
|
ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ،ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
13 ޛުލްޤަޢިދާ 1435