ދިވެހިރާއްޖެ
ނަންބަރ: 254/254/2022/22(IUL)
އިޢުލާން
މަގުބައްތި ތަކުގެ ކޭބަލް ބަދަލުކުރުމާއި ގުޅޭ
މިއިދާރާގެ (IUL)254/254/2022/21 (05 އޭޕްރީލް 2022) ނަމްބަރ އިޢުލާން އަށް އެއްވެސް ފަރާތަކުން އަގު ހުށައަޅާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.
މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަގުބައްތި ތަކުގެ ތެރެއިން ތިރީގައި ދެންނެވިފައިވާ ބައްތިތަކުގެ ކޭބަލް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
- ނޫރުމަންޒިލް ފޮށިން ކުރީގެ ހުކުރުމިސްކިތް މަގުބައްތިއަށް (116 ފޫޓު)
- ނޫރުމަންޒިލް ފޮށިން ނޫރާނީގޭ މަގުބައްތިއަށް (105 ފޫޓު)
- ހުސްނުހީނާގޭ ފޮށިން ކެލްފޯނިޔާ މަގުބައްތިއަށް (165 ފޫޓު)
- ހުސްނުހީނާގޭ ފޮށިން ފިނިއައްސޭރި މަގުބައްތިއަށް (77 ފޫޓު)
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަގު ހުށައެޅުމަށް ދަންނަވަމެވެ. އެސްޓިމޭޓް ހުށައަޅާ ފަރާތްތަކުން ކުންފުނި (ވިޔަފާރި/ ޕާރޓްނާރޝިޕް ) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ރަޖިސްޓްރީގެ ކޮޕީ ހުށައެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި ހާޒިރުވާނަމަ، ސިޓީއާއި ބަދަލްގައި ހާޒިރުވާ ފަރާތުގެ އައިޑީކާޑްގެ ކޮޕީ ހުށަހެޅުން އެދެމެވެ.